ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް ޙާޞިލުކުރެވޭނެކަން ޔަޤީންކުރަން ވަރަށް ފަސޭހައިން ކުރެވިދާނެ 6 ކަމެއް!- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާ ކަންތައް ޙާޞިލުކުރެވޭނެކަން ޔަޤީންކުރަން ވަރަށް ފަސޭހައިން ކުރެވިދާނެ 6 ކަމެއް!- ޙަދީޘުން

ސުވަރުގެ ވަދެވިއްޖެކަނަ ޔަޤީންކުރެވޭނީ ވަދެވުމުންނެވެ. ނަމަވެސް އެކަންކަން ކޮށްފިނަމަ ، ކުރުންމަތީގައި ދެ،ޮހުރުމުން ސުވަރުގެ ވައްދަވާނެކަމުގެ ޔަޤީންކަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވަވާފައިވާ ކަންކަން ޙަދީޘްފުޅުތަކުން އެގެން އެބައޮތެވެ. 

މިކިޔައިދެނީ މުއުމިނަކު މި 6 ކަންތައް ފުރިހަމަކޮށްފިނަމަ އެމީހަކަށް ސުވަރުގެ ލިބޭނެ ކަމުގެ ގަރަންޓީ އޮތް 6 ކަމެއްގެ ވާހަކައެވެ. މިއީ ޢިލްމުވެރިން ދޭ ގަރަންޓީއެއް ނޫނެވެ. މިއީ ޞައްޙަ ޙަދީޘްފުޅުން ސާބިތުވާން އޮތް 6 ކަމެކެވެ. ވީމާ މިއީ ކައު އިތުރު ރަސޫލާ މުޙައްމަދު () ދެއްވަވާފައިވާ ގަރަންޓީއެކެވެ. 

ކޮންމެ މީހަކުވެސް ވިސްނައިލަންވީ މި ކަންކަމަށް ތިމާއަށް އަމަލުކުރެވޭ މިންވަރެވެ. އަހަރެމެންް އެންމެން ގަދައަޅައި މަސައްކަތްމިކުރަނީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ހާޞިލުކުރުމަށެވެ. ވީމާ މިހައި ފަސޭހައިން ކުރެވެން ހުރި މިކަންކަން ކުރުމަށް އަވަސްވެގަންނާށެވެ!   

އެ 6 ކަމަކީ:

1 ބަސް ބުނުމުގައި ތެދުވެރިވުމާއި، 2 ވައުދެއް ވެއްޖެ ނަމަ ފުއްދުމާއި، 3 އިތުބާރު ހިފޭ މީހަކަށްވުމާއި، 4 ޖިންސީ ގުނަވަންތައް ރައްކައުތެރި ކުރުމާއި 5 ބެލުންތައް ތިރިކުރުމާއި 6 އެއްވެސް މީހަކަށް އަނިޔާވެރި ނުވުމެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! މިއިން އެއްވެސް ކަމަކީ ނުކުރެވޭވަރުގެ ބުރައެއް އުފުލަންޖެހޭނެ ކަންކަމެއް ނޫނެވެ. އަދި އެކަންކަން ކޮށްފިނަމަ އެމީހަކަށް ލިބެން މިއޮތީ ސުވަރުގެއެވެ. ވީއިރު އޮތީ ހަމަ ހިތްވަރުކޮށްލުން ނޫން ހެއްޔެވެ؟ 

މިކަންކަމަކީ ރިވެތި އަޚްލާޤްގެ ތެރެއިންވެސް ހިމެނިގެންދާ ކަންކަމެވެ. އެހެންކަމުން މި 6 ކަންތަކަށް އަމަލުކުރާ މީހާގެ ދަރަޖަ މިދުނިޔޭގައިވެސް ދާނީ އުފުލި މަތިވެރިވަމުންނެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ހަމަ އެއާއިއެކު އާޚިރަތް ދުވަހު ސުވަރުގެ ލިބޭނެ ކަމުގެ ގަރަންޓީ ދެއްވަވަނީ ރަސޫލް ()އެވެ. ވީއިރު ޝައްކުކުރަންވީ ކޮން ކަމަކަށް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން