ދެމަފިރިން ޞުލްޙަވުމަށްޓަކައި ގޮތްދޫކުރާ މީހާއަށް ﷲ ތަޢާލާ ބޮޑުތަނުން ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެ! ޤަބޫލުނުކޮށް ކައިވެނި ރޫޅާލިޔަސް މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދެމަފިރިން ޞުލްޙަވުމަށްޓަކައި ގޮތްދޫކުރާ މީހާއަށް ﷲ ތަޢާލާ ބޮޑުތަނުން ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެ! ޤަބޫލުނުކޮށް ކައިވެނި ރޫޅާލިޔަސް މާއުފާވެރި ދިރިއުޅުމެއް ދެއްވަވާނެ! އިން ޝާ ﷲ

ބައިވެރިޔާ ތިބާއަށް ފަރުވާކުދަކުރާކަން ފާހަގަކުރެވިއްޖެނަމަ ގިނަ ބައަކަށް ވިސްނެނީ އެހިސާބުން ކައިވެނި ނިންމާލަންވީ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ އަންގަވަނީ އެގޮތަކަށް ނޫނެވެ. ދެމީހުން މަޝްވަރާކޮށް ޞުލްޙަވާން މަސައްކަތްކުރުމަށެވެ.  

އެކަމަށް މަސައްކަތްކުރުމުން ޙައްލެއް ނުފެނުނީއެވެ. އެކަކު އަނެކަކަށް ގޮތްދޫކުރަން ބޭނުންނުވީއެވެ. އެޙާލަތުގައި ދެމީޙުންވެސް ތިބޭނީ ރުޅިވެރިކަންމަތީގައެވެ. ދުލުން ބުނެވޭނީވެސް ރަނގަޅު ބަސްތަކެއް ނޫނެވެ. އަނެކާ ރުޅިއަންނާނެ ކަންކަންވެސް ކުރެވޭނެއެވެ.  

މިޙާލަތަކީ ﷲ ތަޢާލާގެ ޙަޟްރަތުން "މެޑެލްޖަހާލަން" ލިބޭ ފުރުޞަތެކެވެ. ﷲ ތަޢާލާއަށްޓަކައި ގޮތްދޫކުރާށެވެ! އެކުގައި ކައިވެނި ރޫޅާ ނުލައި ދަމަހައްޓަން މަސައްކަތްކުރާށެވެ! އެމީހެއްގެ އުފުއްލަވާނެތެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އަނެކާ އެކަން ޤަބޫލުނުކޮށް ދެމީހުން ވަކިވާންޖެހުނަސް އެމީހަކަށް މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ.  

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ ޙާލަތުގައި ގޮތް ދޫކޮށް ދެމީހުން ޞުލްޙަވާން ކުރާ ކަންކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ޤުރްޢާނުން އެނގެން އެބައޮތެވެ.  

މިނަޞޭޙަތުގެ ބަސްކޮޅު މިބުނި ބޭނުމަކީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ވަކިވާން އަވަސްވެގަތުމުގެ ހުރި ގެއްލުމާއި ޞުލްޙަވާން މަސައްކަތްކުރުމުން އެމީހަކަށް ލައްވަވާ ރަޙްމަތް ބަޔާންކޮށްދިނުމެވެ.

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން