ތަނަވަސްކަން ނުލިބުނަސް ހިތްހަމަޖެހިގެން އުފަލުގަ ދުނިޔޭގަ އުޅެވޭނެކަން ޔަޤީން މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ތަނަވަސްކަން ނުލިބުނަސް ހިތްހަމަޖެހިގެން އުފަލުގަ ދުނިޔޭގަ އުޅެވޭނެކަން ޔަޤީން މަގު-

ފުރަތަމަވެސް ބުނެލަން ބޭނުންވަނީ އަތުގައި ފައިސާ ގިނަވުމާއި ޙަޤީޤީ ހިތްހަމަޖެހުން ލިބުމާއި މާބޮޑު ގުޅުމެއް ނެތެވެ. ތަނަވސް މީހުން ދުނިޔޭގައި އުޅެ ނިމިދާ ގޮތަށް ބެލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުން އަބަދުވެސް އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ އެމީހުންގެ ޖީބުތައް ނުފުރިގެންނެވެ. ހިތް އެދޭ ވަރަށް ފައިސާ ނުލިބިގެންނެވެ. އެކަމާއި ކަންބޮޑުވެ ކިތަންމެ ވަރަކަށް ތެޅިފޮޅުނަސް އެއީ ދުވަހަކުވެސް އެއްވެސް މީހަކަށް މިދުނިޔޭގައި ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ.

ރަނުގެ ވާދީއެއް ދެއްވަވައިފިނަމަ 2 ވެނަ ވާދީއަކަށް އެދޭނެކަމާއި ދެވަނަ ވާދީ ދެއްވަވައިފިނަމަ 3 ވަނަ ވާދީއަކަށް އެދިދަންނަވާނެ ކަމަށް ޙަޑީޘްފުޅުގައި އޮތީ އެގޮތަށް އެކަންކަން ހިނގާނެތީއެވެ.

ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް ކުރެވިއްޖެ ހެއްޔެވެ؟ ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟

ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށްވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ދުވަހަކުވެސް ނުފުރޭނެތީއެވެ. ފުރެން ކައިރިވެސް ނުވާނެތީއެވެ!

ނަމަވެސް ކުރަން ހުންނަ ހުރިހާ މަސައްކަތެއް ބަހައްޓައިފަ ބަންގިގޮވުމުން ވަގުތުން އިޖާބަދޭ މީހާ އަބަދުވެސް ހުންނާނީ ހިތް ފުރިގެންނެވެ. އެފަދަ މީހުންގެ ޖީބު އެހައި ބޮޑަށް ނުފުރިދާނެއެވެ. ނަމަވެސް ހިތް އަބަދުވެސް އޮންނާނީ އުފަލުން ފޮޅިފައެވެ. އެމީހުންގެ ޛީބުތައް ނުފުރުނަސް ހުހެއްވެސް ނުވާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން