ދެމަފިރިން ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ހަމައެކަނި މި 2 ކަމަށް ސުވާލުކޮށްލާނަމަވެސް ދެމަފިރިން ތިބޭނީ އުފަލުން ފުރިގެން!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދެމަފިރިން ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ހަމައެކަނި މި 2 ކަމަށް ސުވާލުކޮށްލާނަމަވެސް ދެމަފިރިން ތިބޭނީ އުފަލުން ފުރިގެން!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މައްސަލައެއް ދިރާސާކުރިނަމަވެސް ރިޕޯޓްގެ ތިރީގައި ފާހަގަކުރެވުނު ކަންކަމާއި އެކަމަސް އޮތް ޙައްލު ބަޔާންކުރާނެއެވެ. މައްސަލައެއް ތަޙްޤީޤްކޮށްފިނަމަ ޘާބިތުވާކުސާއި ދަޢުވާކުރަންޖެހޭނެ ޤާނޫނުގެ މާއްދާތައްވެސް ބަޔާންކުރާނެއެވެ.  

ދިރިއުޅުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ހަމައެކަނި މައްސަލަ ޖެއްސުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ކޮންމެ ކަމެއްވެސް ޙައްލުކުރެވޭނީ ޙައްލުކުރަން މަސައްކަތްކުރުމުންނެވެ. ޙައްލުކުރެވޭނެ ގޮތަކަށްވެސް ޢަމަލުކޮށްގެންނެވެ.  

ހެނދުނު މަސައްކަތުދާން ނަމަވެސް ދެމަފިރިން ވަކިވާ ވަޤުތު، "މިއަދު ބޭނުންވާ ކަމެއް އެބައޮތްތޯ؟" ސުވާލުކުރާށެވެ! އަދި ރޭގަނޑު ނިދުމުގެ ކުރިން "މިއަދު އަހުރެންނަށް ތިބާ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނުތޯ؟ ނުވަތަ ކުރެވުނީ ކޮންކަމެއްތޯ؟" ނިކަން ސުވާލކުރަން ފަށައިބަލާށެވެ! 

މިކަންކުރަންވީ އަނބިމީހާ ނުވަތަ ފިރިމީހާއެއް ނޫނެވެ. ދެމަފިރިންވެސް ކުރަންވީއެވެ. އެކަކު ހަނދާން ނެތުނަސް އަނެކަކު ސުވާލުކުރީމާ އޭނާވެސް ހަނދާންވާނެއެވެ.  

ނަމަވެސް މިއަދު ވެގެންމިއުޅޭ ގޮތަކީ މިފަދަ ސުވާލުތަކެއް ނުކުރެއެވެ. ދެމީހުންގެ މެދުގައި ޙައްލުކުރަން ހުންނަ ކަންކމުގެ ވާހަކައެއް ނުދައްކައެވެ. އިތުރަށް ބޭނުންވާ ކަންކަމުގެ ވާހަކައެއްވެސް ނުދައްކައެވެ. އެހެން ތިބެފައި ކަންކަން ނުވުމުން އެކަކު އަނެކަކަށް ރުޅިއަންނަނީއެވެ. ރުޅި އައިސް ފުންމައި ގަނެވެނީއެވެ. ރުޅި އައުމުން ޙައްލުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟  

ހަނދާންކުރާށެވެ! މުހިންމުވާންވީ ހަމައެކަނި ވާހަކަދެއްކުމެއް ނޫނެވެ. ނުވަތަ ޝަކުވާކުރުމެއް ވެސް ނޫނެވެ. ވާހަކަދެއްކުމާއި ޝައްކުވާކުރުން މުހިންމުވާވަރަށްވުރެ އަނެކާ ދައްކާ ވާހަކަތައް އަޑުއެހުން މުހިންމު ކަމަށް ހަދާށެވެ. ޖެހޭ މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން