ކައިވެންޏަށްފަހު މައްސަލަޖެހޭނަމަ ޙައްލުކުރަން އޮތީ 2 ގޮތެއް! ގިނަބައަކަށް ހިތާމަކުރަންޖެހެނީ ގޮތެއް ނުނިންމައި ދުވަސްތައް ބޭކާރުކޮށްލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކައިވެންޏަށްފަހު މައްސަލަޖެހޭނަމަ ޙައްލުކުރަން އޮތީ 2 ގޮތެއް! ގިނަބައަކަށް ހިތާމަކުރަންޖެހެނީ ގޮތެއް ނުނިންމައި ދުވަސްތައް ބޭކާރުކޮށްލެވޭތީ!

ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިނުވާނެ ގޮތަކަށް އުޅެވުމަކީ ހަމައެކަކަށްވެސް ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ. އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ހުރިހާ ގޮތަކަށް ކަންކަންކުރަން މަސައްކަތްކުރި ނަމަވެސް ކޮންމެވެސް މިންވަރެއްގެ މައްސަލަތަކެއް ކުރިމަތިވާނެއެވެ.  

ދުނިޔޭގައި އެންމެ ކާމިޔާބު މީހުންނަކީ ބޮޑެތި މައްސަލަތައް ކުރިމަތިނުވާނެ ގޮތަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާ މީހުންނެވެ. އަދި ކުރިމަތިވާ މައްސަލތަކާއިއެކުގައި އުޅެން މަސައްކަތްކުރާ މީހުންނެވެ.  

އެހެންވެ ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ޖެހުނު މައްސަލައާއިއެކުގައި އުޅެން މަސައްކަތްކުރަން ނުކުޅެދުމެވެ. އެކަމުގައި ފޭލަވުމެވެ.  

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. ކުރިން މިބުނި ޙަޤީޤަތްތަކުން ދެމަފިރިންގެ ދިރިއުޅުންވެސް އިސްތިސްނާއެއް ނުވާނެއެވެ. ކިތަންމެ ރަނގަޅަށް އުޅެން މަސައްކަތްކުރިނަމަވެސް މައްސަލަތައް ކުރިމަތިވާނެއެވެ. ބަލަންވީ މައްސަލައިގެ ބާވަތަށެވެ. އެއީ ތިމާއަށް ކެތްތެރިވެވޭނެ މައްސަލައެއް ނަމަ މައްސަލައާއިއެކުގައި އުޅެން މަސައްކަތްކުރާށެވެ. ނޫންނަމަ ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލު ގެންނާށެވެ! އަންހެނަކު ކަމަށްވީނަމަވެސް އަދި ފިރިހެނަކު ކަމަށްވީނަމަވެސްމެއެވެ.  

ގިނަ ބައަކަށް ދެރަ ލިބޭ އެންމެ ބޮޑު ސަބަބަކީ ހޮތް ނިންމަން ގިނަދުވަސްތަކެއް ނަގާކަމެވެ. އެއީ އެއްގޮތަކަށްވެސް އެހައިބޮޑަށް ދިގުދަންމަން އޮތް ކަމެއް ނޫނެވެ. އަވަހަށް ގޮތް ނިންމައި ކޮންމެވެސް އެއްގޮތަކަށް ޙައްލުކުރަންޖެހޭ ކަމެކެވެ. ޙަޔާތުގެ އަގުހުރި ދުވަސްތައް ބޭކާރުކުރެވުނުކަމުގެ ހިތާމަ ކުރަންނުޖެހޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން