ހަނދުމަކޮށްދިނުމެއް!: ފަހުއައްތަޙިއްޔާތު ކިޔަން އިންދާ 1 ރަކްޢަތް މަދުވެއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ހަނދުމަކޮށްދިނުމެއް!: ފަހުއައްތަޙިއްޔާތު ކިޔަން އިންދާ 1 ރަކްޢަތް މަދުވެއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނެ ގޮތް-

ނަމާދުކުރަން އޮތީ ވީހާބޮޑަށް ފަރުވާތެރިވެ ސަމާލުކަންދީގެންނެވެ. ނަމަވެސް ކަންތައް ދިމާވާ ގޮތަކުން ކަމެއް އުނިކޮށް ކުރެވިދާނެއެވެ. އެޙާލަތުގައި އެކަން ރަނގަޅުކުރަން ލަދުނުގަންނާށެވެ. ކުށުސަޖިދަ ޖަހަން ޖެހޭ ފަދަ ކަމެއް ނަމަ ކުށުސޖިދަޖެހުމުން ތިމާއަށް ކުށެއް ކުރެވުނުކަން އެހެން މީހުންނަށް އެނގިދާނެކަމަށް ލަދުން ކުށުސަޖިދަ ނުކޮށް ދޫކޮށްނުލާށެވެ!  

އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ. މުހިންމީ ތިމާކުރާ ނަމާދު ފުރިހަމަކުރުމެވެ.  

ސުވާލު:. ނަމާދުކުރަމުން ގޮސް އެންމެ ފަހު އައްތަހިއްޔާތުގައި އިންދާ ޝައްކެއް އުފެދުނީ 1 ރަކުއަތް މަދުކަން. މިހާލަތުގައި އަމަލުކުރާނީ ކިހިނެއްތޯ؟ 

ޖަވާބު:. ޔަގީނުންވެސް މަދު ނުވާ ވަރަށް ކޮށްފައި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީ. 

އިތުރު ސުވާލެއް: 

ސުވާލު:. ނަމާދަށް ބަންގި ނުގޮވަނީސް އެދުވަހެއްގެ ނަމާދު ކޮށްނިންމާފަހުން އެކުރި ނަމާދުގެ ބަންގި ގޮވައިފި ހާލަތެއްގައި ކިހިނެއްތޯ ހަދަންޖެހޭނީ؟ 

ޖަވާބު:. ވަގުތުވަނުމުގެ ކުރިން ނަމާދުކޮށްފިނަމަ ވަގުތުވަނީމާ އަލުން އެނަމާދެއް ކުރަންޖެހޭނެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން