އުފަންވީންސުރެ މަރުގެ މަލާއިކަތާ ހުންނަވާނީ ތައްޔާރަށް!: ފުރާނަ ހިއްޕަވާނެ ވަޤުތަށާ ޤިޔާމަތް ދުވަހުގެ މިކަންކަމަށް ބިރުވެތި ނުވެވި ސަލާމަތް ވެވޭނެކަމަށް ހީވެސް ނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އުފަންވީންސުރެ މަރުގެ މަލާއިކަތާ ހުންނަވާނީ ތައްޔާރަށް!: ފުރާނަ ހިއްޕަވާނެ ވަޤުތަށާ ޤިޔާމަތް ދުވަހުގެ މިކަންކަމަށް ބިރުވެތި ނުވެވި ސަލާމަތް ވެވޭނެކަމަށް ހީވެސް ނުކުރާށެވެ!

އޭ ދަމްގެ ދަރިންނޭވެ! މަރުގެ މަލާއިކަތާ ތިބާގެ ފުރާނަ ހިއްޕަވައި އެހެން މަލާއިކަތްބޭކަލުންގެ އަތްމައްޗަށް ތިބާގެ ފުރާނަ ދޫކޮށްނުލައްވަވައި ލަސްކުރައްވަވާކަމީ ތިބާ ދޫކޮށްލައްވަވައިގެން ހުންނެވުމެއް ނޫނެވެ. ވަޤުތު ޖެހުމުން އެކަން ހިނގާނެއެވެ. ތިބާއަށް އޮތީ އެކަމަށް ތައްޔާރުވެެގން ހުރުމެވެ. އަވަހަށް ތިބާގެގެ އަމަލުތައް އިސްލާހުކުރާށެވެ! 

އަދި ހިނދުކޮޅަކަށްވެސް މަރުގެމަލާއިކަތާގެ މަތިން ހަނދާން ނައްތައިނުލާށެވެ. ކޮންމެ ވަޤުތަކުވެސް ތިބާގެ ފުރާނަ ހިއްޕަވައިފާނެކަމަށް ބިރުވެތިވެ އެކަމަށް ތައްޔާރުވެގެން ހުންނާށެވެ!  

އޭ އާދަމްގެދަރިންނޭވެ! ތިބާގެ އަމިއްލަ ނަފްސަށް ފަރުވާކުޑަކޮށްލައި ތައްޔާރު ނުވެއްޖެނަމަ، އެހެން ބައަކަށް އެކަން ކޮށެއް ނުދެވޭނެއެވެ. އެއީ ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަމަކަށްވާތީއެވެ. 

ވީމާ ދުނިޔޭގައި ހުންނަން ލިބޭ ކޮންމެ ހިނދުކޮޅެއްގެ ބޭނުންވެސް ހެޔޮ ގޮތުގައި ހިފައި ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވާން ޖެހޭނެ ވަޤުތައް ތައްޔާރުވާން މަސައްކަތްކުރަމުން ގެންދާށެވެ!  އެވަޤުތަކީ ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ ވަޤުތެކެވެ. އެމީހަކު ދުނިޔޭގައި ކުޅަ ކޮންމެ ކަމެއްގެ ޒިންމާވެސް އުފުލަންޖެހޭނީ އެމީހަކަށެވެ. އެހެން މީހެއްގެ ބޮލުގައި އެއްވެސް ކަމެއް އެޅުވޭނެ ކަމަށް ހީވެސް ނުކުރާށެވެ!  

ޤިޔާމަތް ދުވަހަކީ ހަމައެކަކަށްވެސް އެހެން މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ދުވަހެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ކޮންމެ މީހަކުވެސް އުޅޭނީ ދުނިޔޭގައި ހުރެ ކުރެވުނު ހެޔޮކަން މަދުވެގެންނެވެ.  

ދަންނާށެވެ! ކުރެވުނު ހެޔޮ ޢމަލުތައް ގިނަވެ ސުވަރުގެ ލިބޭނެކަން ޔަޤީންވާ މީހާވެސް އޭނާގެ އެންމެ ހެޔޮކަމެއްވެސް ހަމައެކަކަށްވެސް ނުދޭނެއެވެ. އެއީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބިގަތުމަށެވެ. އަދިވެސް ކީއްހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހޭނެކަން ޔަޤީންކުރެވޭ މީހުންވެސް މަސައްކަތްކުރާނީ އޭނާގެ ފާފަތަކުން އެންމެ ފާފައެއް ނަމަވެސް މަދުކުރެވޭތޯއެވެ. އެހެން މީހެއްގެ ބޮލުގައި އަޅުވައިލެވޭތޯއެވެ. އެއީ ނަރަކައިން ލިބޭނެ ޢަޛާބުން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ކުޑަކުރެވޭތޯއެވެ. ތިމާއަށް ވަންނަން ޖެހޭނީ ނަރަކައަށްކަން އެނގިހުރެވެސް މީހެއްގެ ކިބައިން ކިތަންމެ ކުޑަކުޑަ ޙައްޤެއް ލިބެން އޮތަސް ބަދަލުހޯދަން ޝަކުވާކުރަނީ އެހެންވެގެންނެވެ!  

ވީމާ އެއްވެސް މީހެއްގެ ބަހަށް ހެއްލި ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރާށެވެ! ތިމާ އެންމެ ބޮޑު ސަމާލުކަމެއް ދޭކަމަކީ ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރަންޖެހޭނެ ވަޤުތައް ތައްޔާރުވުން ކަމުގައި ހަދައިގެން ނޫނީ ސަލާމަތެއް ނުވެވޭނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން