ނަފްސާނީ ބަލިމަޑުކަމަކަށް ނުވެއްޓި ހުރުމަށް ހަމައެކަނި މިކަންކަމަށް ޢަމަލުކުރިނަމަވެސް ބޮޑުތަނުން ސަލާމަތްވެ ހުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ނަފްސާނީ ބަލިމަޑުކަމަކަށް ނުވެއްޓި ހުރުމަށް ހަމައެކަނި މިކަންކަމަށް ޢަމަލުކުރިނަމަވެސް ބޮޑުތަނުން ސަލާމަތްވެ ހުރެވޭނެ! އިން ޝާ ﷲ

ބައެއް މީހުންނަށް ހާސްވެ ކަންބޮޑުވެވެން ފެށެނީ ނުއެނގިތިބެއެވެ. ފުރަތަމަ ކޮޅުގައި ކަންބޮޑުވެވެން ފަށާނީ މީހަކު ބުނެފާނެ އެއްޗަކަށެވެ. ދެން ކަންބޮޑުވެވެން ފާށާނީ ތިމާ ކުރަންޖެހޭ ކޮންމެވެސް ކަމެއް ނުކުރެވިދާނެ ކަމަށެވެ.  

މިފަދަ ކަންކަމަށް ވިސްނަން މީހާގެ ވަޤުތުތައް ހޭދަކުރާނަމަ މަޑުމަޑުން އެކަންކަން ބަދަލުވާނީ ނަފްސާނީ ބައްޔަކަށެވެ. ދެން މަޑުމަޑުން ގޮސް އަބަދުވެސް ކަންބޮޑުވުމެއްގައި ހުރެވެން ފަށާނެއެވެ. ނަތީޖާއެއްގެ ގޮތުން ނުތަނަވަސްކަން ބޮޑުވެ ތަޖުރިބާކާރު މީހުންގެ ލަފާ ހޯދަންޖެހޭ ޙާލަތަށްވެސް ދާނެއެވެ.  

ދެން ބަލައިލަންވީ ޙައްލަށެވެ. ފުރތަމަ ކަމަކަށް މީހަކު ބުނެފާނެ އެއްޗަކަށް ހަމައެއްގޮތަކަށްވެސް ކަންބޮޑުނުވާށެވެ. ފަހަރެއްގައި ތިބާއަށް ކުށެއް ކުރެވިފައި އޮވެވެސްދާނެއެވެ. އެހިސާބުން އެއޮތީ އެކަން ނިމިފައެވެ. ކުރެވުނު ކަންތައް އޮންނާނީ ކުރެވިފައެވެ. އެކަމަކާއި ގުޅިގެން މީހެއްގެ ކިބައިން މާފަށް އެދެންޖެހޭނަމަ އަވަހަށް މާފަށް އެދޭށެވެ. ކުރެވިފައިވަނީ ފާފައެއްނަމަ ތައުބާވުމުން ނިމުނީއެވެ. މިދެޙާލަތުގައިވެސް މީހަކު ބުނެފާނެ އެއްޗަކަށް އެއްވެސް ވަރަކަށް ކަންބޮޑުނުވާށެވެ!  

ދެން ބަލައިލަންވީ ކުރަންޖެހޭ ކަމެއް ނުކުރެވިދާނެތީ ކަންބޮޑުވުމަށެވެ. އަހުރެމެންނަކީ އިންސާނުންނެވެ. ކުށްވެސް ކުރެވޭނެއެވެ. ފާފަވެސް ކުރެވޭނެއެވެ. އަދި ކުރަންޖެހޭ ކަންކަން ނުކުރެވޭ ޙާލަތުވެސް މެދުވެރިވާނެއެވެ. އެކަންކަމަށް އޮންނާނެ ޙައްލަކީ ކުރަންޖެހޭ ކަންކަން ކުރަން މަސައްކަތް ކުރުމެވެ. މަސައްކަތް ކުރަނިކޮށްވެސް ނުކުރެވި ހިނގައްޖެނަމަ އެކަމުގައި ތިބާގެ އެއްވެސް ކުށެއް ނެތެވެ. ކުށެއް އޮންނާނީ ފަރުވާކުޑަކުރެވުނު ނަމައެވެ.  

ވީމާ ހަމައެކަނި މިކަންކަމަށް ވިސްނާލައިގެން އުޅުނަސް ނަފްސާނީ ގިނަ މައްސަލަތަކަކުން ސަލާމަތްވެ ހުރެވޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

 

މިއަދު އޮންލައިން