ދުނިޔެއަކީ ސުވަރުގެ ކަމަށް މަސައްކަތްކުރާ މީހަކަށް ގާތީ ދުނިޔެވެސް އަދި ސުވަރުގެވެސް ނުލިބުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދުނިޔެއަކީ ސުވަރުގެ ކަމަށް މަސައްކަތްކުރާ މީހަކަށް ގާތީ ދުނިޔެވެސް އަދި ސުވަރުގެވެސް ނުލިބުން!: މުފްތީ މެންކް

ދުނިޔެއަކީ ކޮންތަނެއްކަމާއި ދުނިޔޭގައި މީސްތަކުން ލެއްވެވީ ކޮންކަމެއް ކުރަންކަން ޤުރްއާނުން އެނގެން އޮތް އިރު އަދި ދުނިޔެއިން ޙާޞިލުކުެރެވޭނެ މިންވަރުވެސް އެނގެންއޮތްއިރު އެއަށްވުރެ އިތުރަށް ދުނިޔެއިން ހޯދަން ބޭނުންވީމާ ދެން ނުކުންނާނެ ނަތީޖާއަށް ވިސްނާލަމާ ހިނގާށެވެ!

ދުނިޔެއަށް ދަހިވެތިވެ ދުނިޔޭގައި ލެއްވެވި މަޤްޞަދު ވެސް މިއަދު މީސްތަކުން މަސައްކަތް އެކުރަނީ ބަދަލުކުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ދުނިޔެއަކީ މުއުމިނުންގެ ހުރަގެ ކަމަށާއި ކާފިރުންގެ ސުވަރުގެ ކަމަށެވެ. އަދި މުސްލިމުންނަށް ސުވަރުގެ ލިބުންވަނީ މަރުވެ، އާޚިރަތް ދުވަސް އަމުން މީޒާނުގެ ނަތީޖާއިންކަމަށެވެ. މާނައަކީ މީހާ ދުނިޔޭގައި ހުރެ ކުޅަ ޢަމަލުތައް މިޒާނުގައި ކިރައިލެވޭހިނދު ހެޔޮކަމުގެ ކޮޅަށް ބަދަލުވެގެންކަމެވެ.

މީސްތަކުންނަށް މިއަދު އޮޅިގެން މިއުޅެނީ އެކަމެވެ. ސުވަރުގެ ބޭނުން ކަމަށް ބުނަމުން އެމީހުން މަސައްކަތްކުރަނީ ދުނިޔެ ހޯދާށެވެ. "ބިޒީ"ވަނީ ޤިޔާމަތް ދުވަހުން ލިބެން އޮތް ސުވަރުގެ ހޯދުމަކަށް ނޫނެވެ. ދުނިޔެ ހޯދުމަށެވެ. ހީކުރެވިގެން އުޅެނީ އެދޭ ހުރިހާ އުފާތަކާއި ބޭނުންތައް ދުނިޔެއިން ހޯދޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. އަބަދުވެސް ކޮންމެވެސް އެހެން މީހަކު ދާނީ ކުރިއަރަމުންނެވެ. އެމީހާ ފަހަތުން ދުވަމުން ގޮސް އަރައިހަމަކުރާތަނުން އެހެން މީހަކު މާކުރިއަށް އަރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ކަންތައްތަކަށް ބޭނުންވާން ފަށައެވެ. ފުރަތަމަ ކޮޅު ހަމައެކަނި ބަނޑު ފުރިފައި ނިދައިލެވުމުން ފުދެއެވެ. ނަމަވެސް ބޮޑުވާވަރަކަށް ބޭނުންތައް ބޮޑެތިވެ ބޭނުންވާ ކަންތައްތައް އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.

އެއްވެސް މީހަކު އެދޭ ހުރިހާ މިދުނިޔޭގައި ފުއްދަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވައުދުވެވޮޑިގެންފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި ހަޔާތް ވޭތިކޮށް ސުވަރުގެ ލިބިގެންފި މީހަކަށް ސުވަރުގެ ވަދެވުމުން އެމީހަކު އެދޭ ހުރިހާ ކަމެއް ޙާޞިލުވެގެންދާނެކަން ﷲ ތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ.

ވީމާ ދުނިޔެ ފަހައި ދުވުން އަވަހަށް ހުއްޓައިލާށެވެ! އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއި ނުލައި ހިތަސް އަރުވައިލުމުން ހުރިހާ ނިޢްމަތްތަކެއް ލިބޭނެ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. މި ފެށޭ ރަމަޟާން މަހަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން