މިދުވަސް އައިސް އަރާ ހަމަކޮށްފިކަން ޤަބޫލުނުކުރެވި ނަރަކައިން ސަލާމަތްވެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިދުވަސް އައިސް އަރާ ހަމަކޮށްފިކަން ޤަބޫލުނުކުރެވި ނަރަކައިން ސަލާމަތްވެވިދާނެތަ؟

މިއަދު ފެންނަމުން މިދާ ކަންކަމަށް ވިސްނާލުމުން ލޮލުން ކަރުނަ ނުފާއްދާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މިދުވަސް މިހެން އަންނާނެކަން މިއޮތީ މާކުރިންސުރެ އެނގޭށެވެ. ޞަޙާބީންގެ ބަސްފުޅުތަކުންނެވެ. މައްސަލައަކަށް ވެގެން މިއުޅެނީ މިދުވަސް އައިސް އަރާހަމަކުރުމެއް ނޫނެވެ. އަރައިހަމަކޮށްފިކަން ޤަބޫލުނުކުރެވޭކަމެވެ!

އަހުރެންގެ ސުވާލަކީ: މިދުވަސް އައިސް އަރާ ހަމަކޮށްފިކަން ޤަބޫލުނުކުރެވި ނަރަކައިން ސަލާމަތްވެވިދާނެ ހެއްޔެވެ؟

ﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ.

"މީސްތަކުންގެ މައްޗައް ޒަމާނެއް އަންނާނެއެވެ، އެޒަމާނުގައި ޤުރުޢާން ދަންނަ ފިޤުހުވެރިންނަކީ މަދުބައެއް ކަމުގައި ވާނެއެވެ. އަދި ޤުރުއާން ކިޔަވާ ޤާރީން ނުހަނު ގިނަވާނެއެވެ، އެޒަމާނުގައި ޤުރުއާނުގެ އަކުރުތައް ހިތުން ދަސްކޮށް އޭގައިވާ ޝަރުޢީ ޙައްދުތައް ތަންފީޛު ނުކޮށް ފަރުވާކުޑަކޮށް ދޫކޮށްލާނެއެވެ.

އެޒަމާނުގައި ސަލާންޖަހާ މީހުން ގިނަވާނެއެވެ. އެހެންނަމަވެސް އެ ފަޤީރުންނަށް އެތިކޮޅެއް ދިއްކޮށްލާމީހުން މަދުން ނޫނީ ނުވާނެއެވެ،

އެޒަމާނުގައި އެބައިމީހުން ދޭ ޚުޠުބާތަށް ދިގުވާނެއެވެ.

 

އަދި އެބައިމީހުންގެ ނަމާދު އެހާމެ ކުރު ކުރާނެއެވެ، އެބައިމީހުންގެ ޢަމަލުތަކުގެ ކުރިން ހަވާނަފްސު އެބައިމީހުން އިސްކުރާނެއެވެ. ."

މުވައްޠައު އިބްނު މާލިކް

 

--މިއަދުނޫޙުގެ ކިޔުންތެރިއަކު ހިއްޞާކޮށްފައިވާ ލިޔުމެއް

 

މިއަދު އޮންލައިން