ޛިކުރުކުރުމުގެ ނިޔަތުގައި ޛިކުރުނުކުރެވޭ މީހުން ވިސްނާލަންޖެހޭނެ ކަންކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޛިކުރުކުރުމުގެ ނިޔަތުގައި ޛިކުރުނުކުރެވޭ މީހުން ވިސްނާލަންޖެހޭނެ ކަންކަންކަން-:  މުފްތީ މެންކް

ހިތްތަކަށް ހަމަޖެހުން ލިބުން އޮތީވެސް، އުފާވެރިކަން ލިބެން އޮތީވެސް އަދި ދުނިޔެއާއި އާޚިރަތް ލިބެން އޮތީވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަގުރި ވަރަކުންނެވެ. އެކަން އެނގޭއިރުވެސް ޢަމަލުކުރެވޭ މިންވަރަށް ވިސްނާލަމުހެއްޔެވެ؟

މީހަކު ކިތަންމެ ކުޑނަމަވެސް ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވެ ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. އަމަލުން ދައްކަން ކުރަން ޖެހޭ ފުރަތަމަ ކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ.

ހަމައެޢާއިއެކު މީހަކަށް ޝުކުރުވެރިވުމުން އެމީހަކު ވެސް ޝުކުރިއްޔާއެވެ. ބުނާ ހިސާބުން އެކަން އޮންނަނީ ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ.

ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ވާހަކަ ދައްކާއިރު ނިކަން ބުނެބަލާށެވެ. ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ނަމާދުގައި ޛިކުރުކުރިނަމަވެސް އެއީ މުޅިން ތަފާތު ކަމެކެވެ. ސަބަބަކީ އެއީ ނުކޮށް ސަލާމަތް ނުވެވޭނެތީ ކުރާ ކަމެކެވެ.

ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމަކީވެސް ޛިކުރުކުރުމެވެ.

ﷲ ތަޢާލާ އަށް ޝުކުރުވެރިވުމުގެ ވާހަކައަކީ އެންމެ މުހިންމު ވާހަކައެވެ. އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ. ނަމަވެސް ގިނައިން ދެއްކެނީ ކޮންމެވެސް މީހަކަށް ޝުކުރުވެރިވުމުގެ ވާހަކައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން