ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ދަންވަރު 1 ޖަހަންދެން, ކެފޭ/ރެސްޓޯރަންޓުތައް މެންދަމު 3 ޖަހަންދެން!

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ދަންވަރު 1 ޖަހަންދެން, ކެފޭ/ރެސްޓޯރަންޓުތައް މެންދަމު 3 ޖަހަންދެން!

ކުރިއަށް އޮތް ރަމަޟާން މަހު ވިޔަފާރި ތަންތަނާއި ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފިއެވެ.

މިގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށެވެ. މި ގަޑިތައް ހަމަޖެހިފައިވަނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހަށެވެ.

ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ގަޑިތަކަށް ބަލާއިރު، ރޯދަ މަހު މި ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ.

އިޤްތިޞާދީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، މި ގަވާއިދު ހިނގާނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާ ވިޔަފާރިތަކަށެވެ. ނަމަވެސް 24 ގަޑިއިރު ޚިދުމަތް ދިނުމުގެ ޚާއްޞަ ހުއްދަ ދޫކޮށްފައިވާ ތަންތަނަށްވެސް މި ގަޑިތައް ތަންފީޒުކުރެވޭނެއެވެ.

މިއަދު އޮންލައިން