ރަމަޟާން މަހު މާލޭގައި ތަރާވީސް ނަމާދު ކުރާ ޒުވާން ޚާފިޡުންނާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރަމަޟާން މަހު މާލޭގައި ތަރާވީސް ނަމާދު ކުރާ ޒުވާން ޚާފިޡުންނާއި ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރަމަޟާން މަހު މާލޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރާ ޒުވާން ދިވެހި ޙާފިޡުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެެއްވުމުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ހުރިހާ ޙާފިޡުންވެސް ހަވާލުވެލައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި ހިިފުމަށާއި، ފަރުވާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށް ނަސޭޙަތްތެރިވެލައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ، ގިނަ ދިވެހި ޙާފިޡުންތަކެއް ފެނިގެންދާކަމާއި ނުހަނު އުފާކުރައްވާކަމެއްކަމަށެވެ.

ދިވެހި ޙާފިޡުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވާކަމެކެެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން