ބައިވެރިޔާއަށް މިހާރު އޮޅުވާލައި މަކަރުހެދިދާނެ! އެކަމަކު ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ!: ޝައިޚް ޢާޞިމް އަލް-ޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބައިވެރިޔާއަށް މިހާރު އޮޅުވާލައި މަކަރުހެދިދާނެ! އެކަމަކު ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެ!: ޝައިޚް ޢާޞިމް އަލް-ޙަކީމް

ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ހުރިތަނުން ގުޑައިލެވޭނީ 5 ސުވާލަކަށް ޖަވާބުދީފައެވެ. އެއިގެ ތެރެއިން އެއް ސުވާލަކީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތެވެ. ކުރި ޢަމަލުތަކެވެ.  

ވީމާ ޒަވާޖީ ޙަޔާތަށްފަހު ބައިވެރިޔާއަށް މަކަރުހަދައި އޮޅުވައިލާ މީހުންނަށް ޖެހޭނީ އެމީހަކު ކުރި ކަންކަން ކިޔައިދޭށެވެ. އެކަމުގައި ފިރިހެނެއް އަދި އަންހެނަކުވެސް އިސްތިސްނާއެއް ނުވާނެއެވެ.  

ވީމާ ދިރިއުޅެންވާނީ ތެދުވެރިކަމާއިއެކުގައެވެ. މަކަރުހަދައި އޮޅުވާލައިގެން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ ގިނަ ފަހަރު ބައިވެރިޔާއަށް މަކަރުހަދައި އޮޅުވާލަންޖެހޭނީ ފާފައެއް ކުރެވިގެންނެވެ. ހިލޭ މީހަކާއިއެކު ހިންގާ ހުއްދަނޫން ކޮންމެ ގުޅުމަކީ ކުރެވޭ ފާފައެކެވެ.  

ވީމާ ދެމަފިރިންވެސް އެކަކު އަނެކަކަށް ތެދުވެރިވާންވީ އެސަބަބަށްޓަކައެވެ. ފާފަނުކޮށް ހުރުމަށްޓަކައެވެ. ކޮންމެ ފާފައަކީވެސް މީޒާނުގައި ބުރަދަންހުރި ފާފައެކެވެ.  

ދެން ބަލައިލަންވީ އެކަކު އަނެކަކަށް ތެދުވެރިވުމުގައި ހުރި ފައިދާއަށެވެ. އެކަކު އަނެކަކަށް ތެދުވެރިވެ ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަޔްކުރެވޭނަމަ އެތިބެވެނީ އަޅުކަންކުރުމުގައެވެ. އެކަމަށް ދާނީ ޘަވާބު ލިބި އިތުރުވަމުންނެވެ.

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން