ޢާއިޝަތުގެފާނާ ރަސޫލް ޞޢޥ ގެ ކައިވެނިފުޅާއިމެދު ހެޔޮނޫން ބަހެއް ބުނަން ހެޔޮނުވާނެ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢާއިޝަތުގެފާނާ ރަސޫލް ޞޢޥ ގެ ކައިވެނިފުޅާއިމެދު ހެޔޮނޫން ބަހެއް ބުނަން ހެޔޮނުވާނެ އެންމެ ބޮޑު ސަބަބު-

އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ. 

"އުންމުލް މުއުމިނީން ޢާއިޝާ رضي الله عنها، ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށް ފަހުގައި، ގާތްގަނޑަކަށް 50 އަހަރު ދުނިޔޭގައި އުޅުއްވިއެވެ. ފަހެ، (އެ ދުވަސްވަރު އުޅުއްވި) ވަރަށް ގިނަ ބޭކަލުން އެކަމަނާގެ އަރިހުން ޙަދީޘްތައް ރިވާކުރެއްވިއެވެ. އަދި އެކަމަނާގެ އަރިހުން ޙުކުމްތަކާއި އަދަބު އަޚުލާޤާ ގުޅުންހުރި ގިނަ ޙަދީޘްތައް ރިވާކުރެއްވިއެވެ.  

އެހެންކަމުން ބުނެވެއެވެ. ޝަރުޢީ ޙުކުމްތަކުގެ ހަތަރުބައިކުޅަ އެއްބައި ރިވާވެގެން އައިސްފައިވަނީ އެކަމަނާގެ އަރިހުންނެވެ." 

"فتح الباري لابن حجر (٧ / ١٠٧)"

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންނެވިފަހުން ދީނުގެ ކަންކަމުގައި އޮޅުންއެރި ގިނަ ކަންތައްތަކެއްގައި އެކަމަނާވަނީ ޙަދީޘްފުޅުތަކުން ޙައްލު ހޯއްދަވައިދެއްވަވައިފައެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެހާ ހަގު ބޭކަނބަލަކާއި ކައިވެނިފުޅު ކުރެއްވެވި ސަބަބާއި އެހައި ގިނަ ވަޤުތު އެކުގައި ހޭދަކުރެއްވެވި ޙިކުމަތް ސީދާ ބަޔާންވެގެން ނުވިނަމަވެސް އެއީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށްފަހު އުފެދޭ މައްސަލަތައް ޙައްލުވެ ދީނުގެ ކަންކަން މީސްތަކުންނަށް ގިނަ ދުވަސްތަކެއްވަންދެން އޮޅުންފިލި މަގަކަށް ވަނީ ވެފައެވެ.  

އެކައިވެނިފުޅާއިމެދު ހެޔޮނޫން ބަހެއް ބުނަން ހެޔޮނުވާނީ މި ސަބަބަށްޓަކައެވެ.

މިއަދު އޮންލައިން