ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.
މިއަދުގެ ސުވާލު:
ރޭގަނޑު ކުރަންޖެހެނީ ރަވާތިބް ސުންނަތުގެ ކިތައް ރަކްޢަތްތަ؟
އެހީ:
ރޭގަނޑުގެ 2 ނަމާދުގައި ކުރަންޖެހެނީ ރަވާތިބް ސުންނަތުގެ 4 ރަކްޢަތެވެ. އެއީ މަޣްރިބް ނަމާދުގެ ފަހުގައި 2 ރަކްޢަތާއި ޢިޝާ ނަމާދުގެ ފަހުގައި 2 ރަކްޢަތެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.