ނުރައްކާތެރި ބަލިތައް ގިނަވެ، މުޖުތަމަޢުއަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަމުން މިދާ ސަބަބު-: ޝައިޚް އިއްޒުއްދީން ޢަދްނާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނުރައްކާތެރި ބަލިތައް ގިނަވެ، މުޖުތަމަޢުއަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަމުން މިދާ ސަބަބު-: ޝައިޚް އިއްޒުއްދީން ޢަދްނާން

ތަފާތު ބޮޑެތި ބަލިތައް ގިނަވަނީއެވެ. ގައިން ގައަށް ނުރައްކާތެރި ބަލިތައް ޖެހޭ މީހުން ގިނަވަނީއެވެ. ދުނިޔޭގައި އުޅޭ އެންމެ ނުރައްކާތެރިބަލިތައްވެސް ޢާންމުވަނީއެވެ. ފަރުވާއިން ޝިފާ ލިބުން ދަތި ބަލިތައްވެސްމެއެވެ. އަނެއްކޮޅުން ދިރިއުޅުމުގެ ކަންކަން ދަތިވަނީއެވެ. ޙަލާލުގޮތުގައި ހޯދާ ފައިސާއިން ދިރިއުޅެވެން ނެތްވަރަށް ޚަރަދުތައް ބޮޑުވެ އެންމެ ބޮޑެތި ފާފަތަކަށް އރައިގަތުން ޢާންމުވަނީއެވެ. 

މިޙާލަތު މިގޮތަށް ކުރިމަތިވަމުން މިދާ ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލއްވާނެއެވެ. ސަލާމަތްވާން މަސައްކަތްކުރަމާތޯއެވެ؟

މުޖުތަމައުގައި ފާފަކުރާ މީހުން ގިނަވެ ފާފަތައް ކުރުން އިތުރުވާނަމަ އެ މުޖުތަމައަކަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވާނެއެވެ. އަޅުގަނޑުމެންގެ ތެރެއިން މިއަދު މިދަނީ އެކަންކަން ފެންނަމުންނެވެ. 

ފާފަތައް ކުރުން އިތުރުވާނަމަ ފާފަކުރާ މީހުންނަށާއި އެކަން ހުއްޓުވަން މަސައްކަތްކުރާ މީހުންނަށް މުޞީބާތްތަކާއި ދުއްތުރާތައް ކުރިމަތިވާނެއެވެ. 

ވަރަށް ގިނަ ތަފާތު މައްސަލަތައް އަޅުގަނޑުމެންނަށް މިހާރު ދަނީ ކުރިމަތިވަމުންނެވެ. އެކަންކަމަށް ވަނީ ވިސްނަން ޖެހިފައެވެ. ބޮޑެތި ބަލިތަކާއި މުދަލުގެ ދަތިކަން މިވަނީ ކުރިމަތިވެފައެވެ. ނުތަނަވަސްކަން ލިބޭ އެތައް ކަންތައްތައް މިވަނީ ކުރިމަތިވެފައެވެ. ނުބައި އަމަލުތައް ކުރާ މީހުން ދަނީ އިތުރުވަމުންނެވެ. 

މިހުރިހާ ކަންކަމުގެ ސަބަބުތަކަށް ބަލާއިއރު މާތްﷲގެ ވަޙީ ބަސްފުޅުތަކުގެ ތެދުކަން އެނގިގެންދެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދިޘްފުޅު ކުރައްވާފައިވެއެވެ. "ފަހު ޒަމާނަށް އައިސް އުންމަތަށް މެދުވެރިވާ މުޞީބާތްތައް މެދވެރިވަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުން ކުރާ ކަންކަމުގެ ސަބަބުން ކަމަށެވެ. ފާފަތައް ކުރާ މީހުންނާއި ފާފަތައް ކުރުން މަނާ ނުކުރާ މީހުންގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމަށެވެ.." 

"ފާފަކުރާ މީހާއަށް އެއްވެސް އިއްޒަތްތެރިކަމެއް ނުއޮންނާނެ އެވެ. ފާފަކުރާމީހުން މާތްﷲ ނިކަމެތި ކުރައްވަވާނެތެވެ. "ބައެއް މީހުން ފަރުޟު 5 ނަމާދު ނުކުރަމުން، މާތްﷲގެ އެންގެވުންތަކަށް ގޮންޖަހަމުން އެމީހުންނަކީ އިއްޒަތްތެރިކަމަށް ދައުވާ ކުރަނީ. ކޮން ގޮތަކުންތޯ އެމީހުންނަށް އިއްޒަތްތެރިކަން ލިބިގެންވަނީ؟ އެފަދަ މީހުންނަކީ ވަރަށް ނުބައި ސުންޕާ ބައްޔެއް ޖެހިފައިވާ މީހުން."ނެވެ. 

--އައްޝައިޚް އިއްޒުއްދީން ޢަދްނާންގެ ދަރުސަކުން 

(މިއީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިމިވާ ހާލަތު ކުރިމަތިވާނެކަމާ ސަބަބު ވަރަށް ރަނގަޅަށް އެނގިގެންދާ ޝައިޚް އިއްޒުއްދީން ޢަދްނާންގެ ކުރީގެ ދަރުސެކެވެ!)

 

 

މިއަދު އޮންލައިން