ވޯލްޑް ގަވަރމަންޓްސް ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫ.އޭ.އީ އަށް ވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވޯލްޑް ގަވަރމަންޓްސް ސަމިޓް ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް ޔޫ.އޭ.އީ އަށް ވަޑައިގެންފި

މި މަހުގެ 11 އިން 13 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބާއްވާ ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޔޫ.އޭ.އީގެ ދުބާއީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީއަށް ވަޑައިގެންނެވުމުން މަރްޚަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރެޓައިޒޭޝަން އަދި އެކްޓިންގ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސައިންޓިފިކް ރިސާރޗް، ޑޮކްޓަރ ޢަބްދުލްރަޙްމާން ޢަބްދުލްމަންނާން އަލް އައްވާރުއެވެ.

ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025ގެ މި އަހަރުގެ ޝިއާރަކީ "ޝޭޕިންގ ފިއުޗަރ ގަވަމަންޓްސް" އެވެ. މި ސަމިޓްގެ މަގުސަދަކީ ސަރަޙައްދުގެ ޤައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމެވެ.

މި ސަމިޓްގެ މޫސުމީ ބަދަލުތަކާއި ބެހޭ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، އެމަނިކުފާނު ސަމިޓްގެ ބައެއް ބައިވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން