އެގްރޯއިކޮލޮޖީ އަކީ ކޮބާ؟: ވަޒީރުގެ ލަފާފުޅު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
އެގްރޯއިކޮލޮޖީ އަކީ ކޮބާ؟: ވަޒީރުގެ ލަފާފުޅު

އެގްރޯއިކޮލޮޖީ އަކީ ކޮބާހެއްޔެވެ. މިއީ ތިމާވެށްޓާއި ރައްޓެހި ދަނޑުވެރިކަމުގެ އުސޫލެކެވެ. މިއީ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ގޮތެކެވެ. މިއީ ކެމިކަލް ބޭނުންކުރުން މަދުކޮށް، ގުދުރަތީ ގޮތްތައް ބޭނުންކުރާ ގޮތެކެވެ މިއީ އިހުންސުރެ ކާބަފައިން ކުރަމުން އައި ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ދިރުވާނެ ގޮތެކެވެ.

މި ލިޔުން މި ޚާއްސަކޮށްލަނީ މި އުސޫލުތައް ބޭނުން ކުރެވިދާނެ ގޮތްތައްކަށް އަލި އަޅުވާލައްވައި ވަޒީރު، އެކަމަނާގެ އެފްބީގައި ހިއްސާކޮށްފައިވާ ލިޔުންކޮޅަކަށެވެ.

ގޯތިތެރޭގައި ކުރެވިދާނެ ކަންކަން: ކުޑަ ޖާގައެއްގައިވެސް ތަރުކާރީ އިންދިދާނެއެވެ. އަދި ފުރާޅުމަތީގައިވެސް ގަސް އިންދިދާނެއެވެ. ގަސްކާނާ ހެދުމަށް ކުނި ވަކިކުރެވިދާނެއެވެ.

ފެނާއި ބެހޭގޮތުން:

ވާރޭފެން ނަގާ ރައްކާކުރުން މުހިންމެވެ. ފެންދޭއިރު ގަސްދަށަށް ސީދާ ފެންދިނުން ރަނގަޅެވެ. ހެނދުނު ނުވަތަ ހަވީރު ފެންދިނުން އެންމެ ރަނގަޅެވެ.

ގަސްކާނާގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި:

މަސްކަށި، ގޭަގއި އުފެދޭ ފަތްކުނި، ފަތްޕިލާވެލި ބޭނުންކޮށްގެން ގަސްކާނާ ހެދިދާނެއެވެ.

ކެމިކަލް ބޭނުންކުރުން މަދުކުރުން މުހިންމެވެ

އިތުރު ހިޔާލުތައް:

އަވައްޓެރިންނާއެކު ގަސްހެދުމުގެ ތަޖުރިބާ ޙިއްސާކުރުން

ރަށުގެ މޫސުމަށް ދޭހަވާ ގަސްތައް އިންދުން

ގަސްތަކުގެ މޫތައް ރައްކާކޮށް އެހެން މީހުންނާއި ޙިއްސާކުރުން

މީގެ ފައިދާ:

- ގޭބިސީތަކަށް ޚަރަދު ކުޑަވެއެވެ

- ރަނގަޅު ކާނާ ލިބެއެވެ

- ތިމާވެށި ރައްކާތެރިވެއެވެ

- އަމިއްލައަށް ކާބޯތަކެތި އުފެއްދޭނެއެވެ

ވަޒީރު ޕޯސްޓް ނިންމަވާލައްވަވަމުން އިރުޝާދު ދެއްވެވީ ފަސްނުޖެހި މިއަދުން ފެށިގެންވެސް ކުޑަ ޖާގައަކުން ދަނޑުވެރިކަން ފެށުމަށެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން