ގިނަ ބައަކަށް ކުރިމަތިވާ އެންޒައިޓީއާ އެކަމުގެ ފަރުވާއަކީ ހަމަޔަޤީނުންވެސް ބޭހެއް ނޫން! ބޭރަށް ގޮސް މަޖާކުރުމެއްވެސް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ގިނަ ބައަކަށް ކުރިމަތިވާ އެންޒައިޓީއާ އެކަމުގެ ފަރުވާއަކީ ހަމަޔަޤީނުންވެސް ބޭހެއް ނޫން! ބޭރަށް ގޮސް މަޖާކުރުމެއްވެސް ނޫން!

އެނަޒައިޓީގެ މައްސަލަ ކޮންމެވެސް މިންވަރަކަށް ކުރިމަތިނުވާ މީހަކު ހުރިކަމަށް ޤަބޫލުކުރަންވެސް އުނދަގޫވާ މިންވަރަށް މިވަނީ ޢާންމުވެފައެވެ. އެހެންކަމުން ޙައްލާއިމެދު ކުރެވޭ ސުވާލުތައް ވަރަށް ގިނައެވެ. 

ތިރީގައިވާ ލިޔުން ރަނގަޅަށް ވިސްނަވައިގެން ވިދާޅުވެލައްވާށެވެ! ޙައްލު އެނގިލައްވާނެއެވެ. އިން ޝާ ﷲ 

ދުނިޔެ ފެށުނީންސުރެ މިއަދާއި ހަމައަށް ބެލިނަމަވެސް ހުރިހާ ޒަމާންތަކެއް މީހުން ދިރިއުޅެފައިވަނީ އެއްގޮތަކަށް ނޫނެވެ. ތަފާތު ގޮތްތަކަށެވެ. ތަފާތު ގޮތްގޮތަށެވެ. ކަންބޮޑުވާންޖެހޭ ކަންކަންވެސް ތަފާތެވެ. އަދި އެއް ޒަމާނެއްގައި އެންމެ ބޮޑަށް މީހުން ކަންބޮޑުވެ އުޅުނު ކަންކަމަށް އަނެއް ޒަމާނެއްގައި ކޮންބޮޑުވާން ނުޖެހިވެސް އެޅެފާނެއެވެ. 

ކޮންމެއަކަސް މިޒަމާނާއި ހަމައަށް ކަންކަން އައިސްފައިވާއިރު މިއީ މީސްތަކުން އެންމެ ބޮޑަށް، އެންމެ ގިނަ ކަންކަންކަމަށް ކަންބޮޑުވާންޖެހިގެން އުޅޭ ޒަމާނެވެ. އެކަމުގެ އެންމެ ޢާންމު ސަބަބަކީ ތިމާގެ ފެންވަރު ނޫން އެހެން ފެންވަރެއްގައި ދިރިއުޅެން ވިސްނޭކަމެވެ. އެހެން މީހުން އުޅޭ ފެންވަރުގައި ތިމާވެސް ދިރިއުޅެން ބޭނުންވެގެން އުޅޭކަމެވެ. އެހެން  މީހުން ގެންގުޅޭ އެއްޗެތި ތިމާވެސް ގެންގުޅެން ބޭނުންވާ ކަމެވެ. 

އެހެންކަމުން އެންމެންހެން ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. މީގެތެރެއިން ހަމައެކަކުވެސް އިސްތިސްނާއެއް ނުވެއެވެ. އަންހެނަކުވިޔަސް ފިރިހެނަކުވިޔަސްމެއެވެ. ފިރިއަކަސް އަނތބަކަށްވިޔަސްމެއެވެ. މާނައަކީ ކޮންމެވެސް ކަންބޮޑުވުންތަކެއްގައި އުޅެންޖެހިފައި ނުވާ ހަމައެކަކުވެސް ނެތެވެ. ކިތަންމެ ތަނަވަސް މީހަކަސް ފަޤީރަކަސް މިކަން އޮތީ ހަމަ މިގޮތަށެވެ. 

މިފަދަ ގޮތަކަށް ދިރިއުޅެންޖެހިފައިވާ ޒަމާނެއްގައި މިގޮތަށް ނިކަން ހިތަށް ގެނެސްބަލާށެވެ! ތިމާގެ އނބިމީހާ ބޭރުން ގެއަށް އައިއިރު އައީ ހިލޭ ފިރިހެނަކު ގޮވައިގެންނެވެ. އަދި އޭނާއަކީ އަނބިމީހާގެ ލޯބިވެރިޔާވެސްމެއެވެ. ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ވެގެންދާނީ ކިހިނަކުންހެއްޔެވެ؟ ވަސައި ހޯދާލިއިރު އުފުލައިލެވޭވަރުގެ އެއްޗެއް ނުފެނުނުނަމަ ސިޓިންރޫމުގެ ގޮނޑިއެއް އުފުލޭނަމަ އެގޮނޑި ހިފައިގެން އެދެމީހުންނާއި ދިމާއަށް ދުއްވައިނުގަނެ ހުރެވޭނެ ހެއްޔެވެ؟ ހުރެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ 

މިކަން ހިތަށް ގެނައުމަށްފަހު ނިކަން ބުނެބަލާށެވެ! ތިބާ ބޭރުން ގެއަށް އައިސް ވަނީ ލޯބިވެރިއަކު ގޮވައިގެން ކަމަށްވެއްޖެނަމަ އަނބިމީހާއަށް ހަމަ މިއިޙްޞާޞްތައް ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ ތިބާ ޢަމަލުކުރަން ބޭނުންވި ގޮތަށް ޢަމަލުކުރަން ޢަމަލުކުރަން އަނބިމީހާ ބޭނުންނުވާނީ ކީއްވެގެން ހެއްޔެވެ؟ 

ވީއިރު ނިކަން ބުނެބަލާށެވެ! ސިކުނޑިއަށް ލުއިދީގެން އުފަލުގައި ދިރިއުޅެން ބޭނުންވާނަމަ އެކަކު އަނެކަކަށް ތެދުވެރިވެ ވަފާތެރިވާން ނުޖެހޭ ހެއްޔެވެ؟ އަނެކާގެ ސިކުނޑިއަށް ބޮން އއެޅުން ފަދަ ޢަމަލުތައް ކުރާނަމަ ދެމީހުން ކުރެ އެކަކަށްނަމަވެސް އުފާވެރިކަން ލިބޭނެ ހެއްޔެވެ؟ ދިރިއުޅުން އަބަދުވެސް ވާނީ ގަދަކަނޑެއްގައި ފަތަން ޖެހުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވަރަށް ކުރުކުރު ގޮތަކަށް މިކިޔައިދިނީ މިއަދުގެ ޙާލަތާއި ގުޅުންހުރި ވަރަށް ގިނަ އަދި ވަރަށް މުހިންމު ވާހަކަތަކެކެވެ. ވިސްނައި ޢިބްރަތްޙާޞިލްކުރާށެވެ! "އެންޒައިޓީން" ސަލާމަތްވެ ހުރެވޭނީ ނުވަތަ އެންޒައިޓީއަކީ މައްސަލައަކަށްނުވެ ދިރިއުޅެވޭނީ މިކަންކަމަށް ވިސްނައި ޢަމަލުކުރިވަރަކުންނެވެ. މިއަދު ގިނަ ބައަކަށް ކުރިމަތިވެފައިވާ އެންޒައިޓީގެ ފަރުވާއަކީ ބޭހެއް ނޫނެވެ. ބޭރަށްގޮސް މަޖާކުރުމެއް ނޫނެވެ. ޒަވާޖީ ހަޔާތަށް ފެށުމަށްފަހު ތެދުވެރިވެ ޒިންމާދާރު ދިރިއުޅުމެއް އުޅުމެވެ. ބޭހަކުން ނޫނީ އެހެން ކަމަކުން އެ މައްސަލައަށް ހޯދޭނެ ފަރުވާއެއް ނެތެވެ!

 

- އަލަފް / މިއަދުނޫހަށް  

މިއަދު އޮންލައިން