ދިރިއުޅުންވެސް އާޚިރަތްވެސް ބާއްޖަވެރިކުރަން ބޭނުންނަމަ ދުރުހެލިވާން ޖެހޭ 4 ބާވަތުގެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިރިއުޅުންވެސް އާޚިރަތްވެސް ބާއްޖަވެރިކުރަން ބޭނުންނަމަ ދުރުހެލިވާން ޖެހޭ 4 ބާވަތުގެ މީހުން-

ކޮންމެ މީހަކަށްވެސް އެކުވެރިން ބޭނުންވާނެއެވެ. ޢާއިލާގެ މީހުން ކިތަންމެ ރަނގަޅު ނަމަވެސްމެއެވެ. ދިރިއުޅެންވާނީ އެންމެންނާއިވެސް ގުޅިގެން އެކުވެރިކަމުގައެވެ. 

އެހެނަސް އެމީހެއްގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ޚާއްޞަކޮށް އިސްލާމް ދީނުގައި ޘާބިތުވުމަށް ހުރަސްތައް ކުރިމަތިވާ މީސްމީހުންނާއި އަދި އެމީހެއްގެ ސަބަބުން ދިރިއުޅުމަށް ހުރަސްއެޅޭފަދަ ކަންކަން ކުރިމަތިވާ މީހުންނާއި އޮތީ ދުރުހެލިވުމެވެ. 

އެގޮތުން ކޮންމެހެން ދުރުހެލިވާންޖެހޭ 4 ބާވަތެއްގެ މީހުން ފާހަގަކޮށްލާނަމެވެ. 

1 ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހުން

2 ދޮގުހަދާ މީހުން

3 ބޭކާރު ވާހަކަތައް ދައްކާ، ނެތިމޮށޭ މީހުން

4 ބޭކާރު ގޮތުގަ ވަޤުތު ނަގައިލާ މީހުން 

މި ސިފަތައް ހުންނަ މީހަކާއި އެކުވެރިވެ ގުޅިގެން އުޅުމަކީ އެމީހެއްގެ ދުނިޔަވީ ޙަޔާތާއި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމެކެވެ. ވީމާ އެފަދަ މީސްމީހުންނާއި ދުރުހެލިވާންޖެހޭނެއެވެ. އެއީ އެކުވެރިންކަމަށް ބަލައި އެކުގައި އުޅެގެން ނުވާނެއެވެ. 

މީހެއްގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނަމަ އެމީހަކު އެކުގައި އުޅެނީ ކޮންބައަކުތޯ ބަލައި އޮޅުންފިލުވަން އޮންނަ ބަސްފުޅަށް ސަމާލުކަންދޭށެވެ. މިސިފަތައް ހުރި މީހުންނާއިއެކުގައި އުޅެވޭނަމަ އެމީހަކުވެސް ހިމެނިގެންދާނި އެފަދަ މީހަކު ކަމުގައިވުމަކީ ވަރަށް ގިނައިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން