ކޮންމެފަދަ ޙާލަތެއް ކުރިމަތިވެގެން ނަމަވެސް ދެން ސަލާމަތް ނުވެވޭނެކަމަށް ޤަބޫލުކުރުމުގެ ކުރިން މިގޮތަށް ވިސްނައި ޢަމަލުކޮށްފިނަމަ ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮންމެފަދަ ޙާލަތެއް ކުރިމަތިވެގެން ނަމަވެސް ދެން ސަލާމަތް ނުވެވޭނެކަމަށް ޤަބޫލުކުރުމުގެ ކުރިން މިގޮތަށް ވިސްނައި ޢަމަލުކޮށްފިނަމަ ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ

ކޮންމެ ދުވަހަކު ކަންކަން މެދުވެރިވާނީ އެއްގޮތަކަށް ނޫންކަން އެންމެންނަށްވެސް އެނގޭނެއެވެ. ޤަބޫލުވެސް ކުރެވޭނެއެވެ. ނަމަވެސް މައްސަލައަކަށް ވަނީ ކަންކަން ކުރިމަތިވުމުން ޢަމަލުކުރެވޭ ގޮތެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ކުރަންޖެހޭ އިތުބާރު ނުކުރެވޭ ކަމެވެ. 

މިޘާލަކަށް ބުނާނަމަ ތިބާގެ ހިތްދަތިވީއެވެ. ދެރަވެ ރޮވެނީއެވެ. ލޮލުން ކަރުނަ ނުހިކެއެވެ. ގިސްލެވުން ނުހުއްޓެއެވެ. ހަތަރު އުދަރެސް ފެނު ޖެހިއްޖެއެވެ. ނުކުންނަންހުރި ހުރިހާ ދޮރުތަކެއް ބަންދުވެއްޖެއެވެ. ނުކުމެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. ދެން ނިކަން ބުނެބަލާށެވެ! މިޙާލަތުން އަރައިގަނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ފުރަތަމަވެސް ހިތްމައްޗަށް ގެންނާށެވެ! މިއީ ދެރަވާންޖެހުނު، ރޮއި ކަރުނައަޅަންޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިންވެސް ރޯންޖެހުނެވެ. އެކަމަކު ހުއްޓައިވެސް ލެވުނެވެ. 

މިއީ ކުރަން އުޅޭ ކަންކަން ކާމިޔާބު ނުކުރެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ލޯބިވެރިޔާ ލަނޑުދިން ފުރަތަމަ ފަހަރުކަމަށްވާނަމަ ވިސްނައިލާށެވެ! ލޯބިވެރިން ލަނޑުދިނުމަކީ ޢާންމު ކަމެކެވެ. އެކުވެރިންގެ ތެރެއިން މިވެނި އެވެނި ބައަކަށްވެސް ލަނޑުދިނެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް ލޯބިވެރޔާ ލަނޑުނުދޭ މީހަކު ހާދަމަދުވާނެއެވެ. އެކަމަކު އެއެންމެންވެސް ހަމަ މިދުނިޔޭގައި އެބަ އުޅެއެވެ. 

އެހެންކަމަށްވާއިރު އަހަރެންނަށް ދުނިޔޭގައި ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ ހިތާމަތަކާއި ހިތްދަތިކަމަށްފަހު އެހެން މީހުންވެސް ދުނިޔޭގައި އުޅެނީ ހަމަ އުފަލުގައެވެ. އެހެންވީއިރު އަހަރެންނަށްވެސް އުފަލުގައި ދުނިޔޭގައި ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށްވެސް ހަމަ އުފަލުގައި ދުނިޔޭގައި އުޅެވެން ޖެހޭނެއެވެ. 

ކޮންމެ ކަމެއްގައިވެސް ގޮތް ނިންމެވުން ވަނީ ﷲ ގެ ޙަޟްރަތަށެވެ. ވީމާ މުޖައްރިބެކޭ ނުބުނެވޭނެއެވެ. އެންމެ ފަހުވަޤުތުގައިވެސް ޙާލަތާއި ކަންކަން ބަދަލުކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އެހެންކަމާއިއެކުގައި މިކަންކަން ހިތުގައި ބާއްވައިގެންހުރެވެސް ބުނަމެވެ. 

ކިތަންމެ ބޮޑު ހިތާމައެއް، ހިތްދަތިކަމެއް، އަދި ތަކްލީފްތަކެއް އުފުލަންޖެހުނަސް މިބަޔާންކުރި މޭރުމުން ވިސްނައި ޢަމަލުކުރާ މީހަކަށް އެކަންކަމުން އަރައިގަނެވޭނެއެވެ. އުފަލުގައި ދުނިޔޭގައި އުޅެވޭނެއެވެ. ހިތްހަމަޖެހިގެން ހުރެވޭނެއެވެ. އިން ޝާ ﷲ. ފިނޑިވެ އަމާންދީ މި މޭރުމުން ނުވިސްނައިފިނަމަ ކަންކަން މެދުވެރިވުން ގާތީ މިބުނި ގޮތާއި ދިމާ އިދިކޮޅަށެވެ. 

އެމީހަކު ބޭނުންވާ ގޮތެއް އިޚްތިޔާރުކުރާށެވެ! އެކަން އޮތީ އެމީހެއްގެ އަތްމަތީގައެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން