ކިތަންމެ ބޮޑަށް ހެޔޮކޮށް ހިތައި ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިން ނަމަވެސް ގިނަ މީހުން ފާހަގަކުރާނީ ކޮށް ނުދެވުނުކަންތައް! މިމަގުން ޢަމަލުކުރީމާ އެކަމަށް ދެރަވާކަށް ނުޖެހޭނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ކިތަންމެ ބޮޑަށް ހެޔޮކޮށް ހިތައި ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިން ނަމަވެސް ގިނަ މީހުން ފާހަގަކުރާނީ ކޮށް ނުދެވުނުކަންތައް! މިމަގުން ޢަމަލުކުރީމާ އެކަމަށް ދެރަވާކަށް ނުޖެހޭނެ! އިން ޝާ ﷲ

ގިނަ ބައަކު އެމީހުންގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެކުވެރިންނަށް ކަންކަންކޮށްދެއެވެ. އެއީ ދީނީ ގޮތުން ބަލައިފިނަމަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތެވެ. ހަމައެކަނި މައްސަލައަކަށްވަނީ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކަންކަން މެދުވެރިވާ ގޮތެވެ. 

ޤަބޫލުކުރަން ބޭނުން ނުވިޔަސް މިއަދުގެ ޙަޤީޤަތަކީ ކިތަންމެ ބޮޑަށް ހެޔޮކޮށް ހިތިނަމަވެސް ގިނަ މީހުން ފާހަގަކުރާނީ ކޮށް ނުދެވުނުކަންތަކެވެ. އެދުނު އެންމެ ކަމެއް ނަމަވެސް ކޮށް ނުދެވިއްޖެނަމަ އެކަމެވެ. އެހެންވެ ގިނަ ބައަކު ވަރަށް ދެރަވެއެވެ. 

ފާހަގަކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ އެކުވެރިންނަށް ކަންކަން ކޮށްދޭން ހަދައިގެން އަމިއްލަ ދިރިއުލުމުގެ ކަންކަމަށް ފަރުވާ ކުޑަކުރެވޭ ކަމާއި ﷲ ތަޢަލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގައިވެސް ފަރުވާކުޑަކުރެވޭ ކަމެވެ. 

މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ޢަމަލުތައް ތަރުތީބުކުރަންޖެހޭނެއެވެ. ފުރަތަމަ ﷲ ތަޢާލާ އެވެ. ދެވަނައަށް އަމިއްލަ ދިރިއުޅުމެވެ. މިމަގުން ތަރުތީބުކޮށްގެން ކަންކަން ކުރާނަމަ އެކުވެރިއަކު ނުރުހުނަސް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ދެރަވާކަށްވެސް ނުޖެހޭނެއެވެ. އެމީހަކާއި އެކުގައި ﷲ ތަޢާލާ ވޮޑިގަންނަވާނެތީއެވެ. 

އަދި މިފަދަ ކަންކަމުން ހިތަށް ލިބޭ ކުޑަކުރަން ބޭނުންވާނަމަ ކިތަންމެ ގާތް އެކުވެރިއަކަށް ނަމަވެސް އަދި އެހެން މީހަކަށް ނަމަވެސް ކަންކަން ދޭންވީ އެކަމުގެ ޘަވާބު ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންނެވެ. އެއިރުން ކޮންމެ މީހަކު ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް ދެރަވެ ކަންބޮދުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން