ރޯދަމަސް ލިބިގަނެވޭނީ އެކުގަ ވަޤުތު ހޭދަކުރާ ލޯބިވެރިން ރަމަޟާން ފެށުމުގެ ކުރިން ކައިވެނިކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރޯދަމަސް ލިބިގަނެވޭނީ އެކުގަ ވަޤުތު ހޭދަކުރާ ލޯބިވެރިން ރަމަޟާން ފެށުމުގެ ކުރިން ކައިވެނިކޮށްގެން!

ދުވާލު ތިބެނީ ރޯދައަށެވެ. މަޣްރިބް ނަމާދާއި ޢިޝާނަމާދުގެ އިތުރުން ތަރާވީޙް ނަމާދުވެސް ކުރެއެވެ. އެކަމަކު ދެލޯބިވެރިން އެކުގައި ވަޤުތު ހޭދަކުރެއެވެ. ކާރާއި ސައިކަލުގައި ބުރުޖަހަންދެއެވެ.  

ރޯދަ ހިފިނަމަ ރޯދަހިފިކަމަށްވާނެއެވެ. ނަމަވެސް ވިއްދައިގެން ރޭގަނޑު ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ ކަންކަން ކުރެވޭނަމަ އެމީހަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި އަޅަކަށް ވެވޭނެ ހެއްޔެވެ؟ ހިފި ރޯދައާއި ކުރި އަޅުކަމުން ލިބުނު ޘަވާބު ގެއްލުވާލަން ހެޔޮވާނެ ހެއްޔެވެ؟  

މިއީ މިއަދު ކޮންމެ ޒުވާނަކުވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. ވީމާ ވެގެން ތިބި ލޯބި އަވަހަށް ޙަލާލުކޮސްލާށެވެ! ކައިވެނިކުރާށެވެ! ކައިވެނި ކުރެވެން ނެތްނަމަ ކުރިން މިބުނި ފަދަ ކަންކަން ކުރުމާއި ދުރުހެލިވާށެވެ.  

ކޮންމެ ދެލޯބިވެރިއަކީ ޒިނޭކުރުނަ ފަދަ ބޮޑެތި ފާފަތައްނ ކުރާ ބައަކު ކަމަކަށް ނުބުނެވޭނެއެވެ. ނަމަވެސް ކުރިން މިބުނި ފަދަ ފަދަ ކަންކަމަކީވެސް ފާފަތަކެވެ. ރަމަމާން މަހުގެ ފައިދާކުރާނީ ފާފަ ކުރުމުން ދުރުހެލިވެ ހުރެގެންނެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ ލޯބިވެ ކުރިން މިބުނި މަގުން ކަންކަން ކުރެވޭ އެންމެންވެސް ރޯދައިގެ ކުރިން ކައިވެނިކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން