ފަތިސް ނަމާދަށް ނުހޭލެވިއްޖެނަމަ މެންދުރު ނަމާދާއެކު ކުރަން ފަސްކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ފަތިސް ނަމާދަށް ނުހޭލެވިއްޖެނަމަ މެންދުރު ނަމާދާއެކު ކުރަން ފަސްކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

ނަމާދުކުރަން އޮތީ އެމީހަކަށް ކުރަން ފަސޭހަވަޤުތަކު ނޫނެވެ. ނަމާދުކުރިުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތުގައެވެ. އެގޮތުން ފަތިސްނަމާދުގެ ވަޤުތަކީ ފަޖުރުލީންސުރެ އިރުއަރަށްޖައުމަށް ދާންދެނެ. އެގަޑީގައި އޮތީ ނިދާށެވެ. ފަތިސްނަމާދު ވަޤުތު ފާއިތުވެ އިރުއަރާފަހުން ހޭލެވުނީމާވެސް ދެންވެސް ތިއަ ބޭނުންވަނީ ލަސްކުރާށެވެ! ތިބާއަށް ފަސޭހަ ވަޤުތަކު ކުރާށެވެ!

އެއީ އެއްގޮތަކަށްވެސް އެކަންކުރަން އޮތްގޮތެއް ނޫނެވެ!

ބައެއް ޢިލްމުވެރިންގެ އަރިއަހުގައި ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ނޫނީ ފަތިސް ނަމާދަށް ނުހޭލައި ނިދަން އޮތުމަކީ ކުރެވޭ ފާފައެކެވެ. އަދި އެކަމުން އެނގެނީ އެމީހަކު ﷲ ތަޢާލާއަށް ބިރުވެތިނުވާކަމެވެ. ކިޔަމަންތެރިކަމެއް ނެތްކަމެވެ.

ރަސޫލް ﷺ ފަތިސް ނަމާދަށް ހޭފުޅު ނުލެއްވެވުނު ދުވަހު ޤަޞާއަށް ފަތިސް ނަމާދުކުރެއްވެވިއެވެ. އެއީ ދަތުރުފުޅެއްގެމަތީގައެވެ. ހޭފުޅުނުލެއްވެވިދާނެކަމަށް ހީފުޅުކުރެއްވެވިފައި އޮތުމުން ހޭފުޅު ލައްވުވާނެ ފާރަވެރިއަކުވެސް ބެހެއްޓެވިއެވެ. އެބޭކަލަކަށްވެސް އަވަހާރަފުޅު ލެއްޕެވުނީއެވެ.

އަދި ކީއްހެއްޔެވެ؟ ޝައިޠޯނާ އެތަނާއި ކައިރިވެއްޖެ ކަމަށް ޙަދީޘްކުރައްވަވައި ޤާފިލާވެސް އެހެންތަނަކަށް ބަދަލުކުރެއްވެވިއެވެ.

މިކަމުން އެނގިގެންދަނީ ނިދަންވާނީ ފަތިސް ނަމާދަށް ހޭލެވޭނެ މަގުފަހިކޮށްފައިކަމެވެ. ގޭގައި ވޮޗަރެއް (ފާރަވެރިއަކު) ބައިންދާނަމަ އެމީހަކާއި ގޮވަން ޙަވާލުކުރަންވާނެއެވެ. ނޫންނަމަ ގަޑިސޯނާކުރުން، ފޯނު ސޯނާކުރުން ފަދަ ކަންކަންކޮށް ހޭލަން މަސައްކަތްކުރަންވާނެއެވެ.

ނިދާ ހޭލެވުނުއިރު އިރުއަރައިފިނަމަ ޢަމަލުކުރާންގޮތާއިމެދު ދަންނާށެވެ!

الحمد لله والصلاة والسلام على رسوله ، أما بعد :

އިންސާނެއްގެ އިޙްތިޔާރުން ބޭރުން ނިދި ގަދަވެގެން ފަތިސްނަމާދަށް އިރު އެރުމުގެ ކުރިން ނުހޭލެވިއްޖެނަމަ ނިދިން ހޭލެވުނު އިރަކުން އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. ވަކި ވަގުތެއް ވަންދެން ފަސްކުރުމެއްނެތެވެ.

ހެނދުނު ހަތެއްޖެހިއިރު ހޭލެވުނަސް ނުވަތަ އޭގެ ފަހުން ހޭލެވުނަސް އިތުރަށް ލަސްކުރުމެއްނެތި އަވަހަށް ފަތިސްނަމާދު ކުރާނީއެވެ. އަޅަމެންގެ ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވަނީ މިގޮތަށެވެ.

އިރުއަރާފަހުން ފަތިސްނަމާދު ކުރުން އާދައަކަށް ހަދައިގެން ނުވާނެއެވެ. ޤަޞްދުގައި ނަމާދު އޭގެ ވަޤުތުން ފަސްކުރުމަކީ އެކަމަށް ތަޢުބާވާން ޖެހޭ ވަރުގެ ފާފައެކެވެ. والله أعلم

 

މިއަދު އޮންލައިން