ހަނދުމަކޮށްދިނުމެއް!؛ ވަޤުތުގައި ނުހޭލެވިގެން އިރުއަރާފަހުން ފަތިސްނަމާދުކުރި ނަމަވެސް ފުރަތަމަ އިހު ސުންނަތްކުރާށެވެ!: ޝައިޚް އިބްން ބާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހަނދުމަކޮށްދިނުމެއް!؛ ވަޤުތުގައި ނުހޭލެވިގެން އިރުއަރާފަހުން ފަތިސްނަމާދުކުރި ނަމަވެސް ފުރަތަމަ އިހު ސުންނަތްކުރާށެވެ!: ޝައިޚް އިބްން ބާޒް

އާނއެކެވެ! ފަތިސްނަމާދަކީ ފަރުޟެވެ. އިސުންނަތަކީ ރަވާތިބް ސުންނަތެވެ. އެހެންކަމާއިއެކުވެސް އަހުރެން ބުނާނީ ސުންނަތަކަށްވީތީ ފަތިސްނަމާދުގެ އިހު ސުންނަތް ނުކޮށް ދޫކޮށްލަން ހެޔޮނުވާނެއެވެ. އެއީ ނުކޮށް ދޫކޮށްލެވޭވަރަށްވުރެ މާމަތިވެރިކަން ބޮޑު 2 ރަކްޢަތެވެ.

ފަތިސް ނަމާދު ޤަޟާއަށްކުރާ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލުވަނީ އިހުސުންނަތާއިމެދުގައެވެ. އެއީ ރަވާތިބް ސުންނަތް ނަމަވެސް މަސްޖިދު ސުންނަތުގެ 2 ރަކްޢަތް ނަމަވެސް ކޮންމެ ނަމާދަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބިވެތިކަންބޮޑުވެގެންވާ ނަމާދެކެވެ. އެހެންކަމާއިއެކުވެސް ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކްޢަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ލޮބުވެތިކަންބޮޑު ނަމާދަކަށްވުމުން ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތުގެ މަތިވެރިކަން އެނގިގެންދެއެވެ.

ޝައިޚް އިބްން ބާޒް ވިދާޅުވެފައިވަނީ ސުންނަތުގައި އޮތީ އިރު އެރުމަށްފަހު ޤަޟާއަށް ފަތިސްނަމާދުކުރި ނަމަވެސް ފަރުޟު ނަމާދުކުރުމުގެ ކުރިއަށް އިހު ސުންނަތްކުރުން ކަމަށެވެ.

Shaykh Ibn Baaz said in Fataawa Noorun ‘ala Ad-Darb,

“If a believer is overtaken by sleep and wakes up late, he prays the Sunnah of the Fajr and then prays the Fardh, even if the sun rose, and even after sunrise. The Sunnah (the practice of the Prophet ) is to pray the Sunnah of the Fajr before the Fardh, even at sunrise.”

–އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން