ދަތުރެއްގެ މަތީގައިވީނަމަވެސް ނަމާދު ވަޤުތުޖެހުމުން އެކަކު ބަންގިގޮވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ދަތުރެއްގެ މަތީގައިވީނަމަވެސް ނަމާދު ވަޤުތުޖެހުމުން އެކަކު ބަންގިގޮވާށެވެ!

ރާއްޖެއަށް ބަލައިފިނަމަ އަބަދުވެސް ގިނަ ބައަކު ކަނޑުމަތީގައި އުޅޭނެއެވެ. މަސްވެރިންގެ ގޮތުގައާއި ދަތުރުވެރިންގެ ގޮތުގައެވެ. އަދި ދިގުދަތުރުތަކުގައި އުޅޭ ގިނަ އުޅަނދުފަހަރަކީ ފަސޭހައިން ނަމާދުކުރެވޭ ގޮތަށް ހުންނަ އުޅަނދުތަކެވެ. އެހެންވެ ގިނަ ބައަކު ދަތުރުމަތީގައި ނަމާދުވެސް ކުރެއެވެ.

އެހެންވެ މިގެނެސްދެނީ ދަތުރުމަތީގައި ނަމާދު ވަޤުތުޖެހުމުން ބަންގިގޮވުމާއިމެދު އޮތް ބަސްފުޅެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދަތުރުވެރިން ދަތުރުމަތީގައި އުޅޭއިރު ނަމާދުވަގުތު ޖެހުމުން ބަންގިގޮވުމާއިމެދު ސުވާލު އުފައްދައެވެ.

މިމަސްއަލަކީ [ޢިލްމުވެރިންގެ މެދުގައި] ޚިލާފުއޮތް މަސްއަކަލައެކެވެ. ރަނގަޅުގޮތަކީ ދަތުރުވެރިންވެސް ބަންގި ގޮވުން ވާޖިބުކަމެވެ.

އެހެނީ ނަބިއްޔާ صلى الله عليه وسلم މާލިކު އިބްނު އަލްޙުވައިރިޘްއާއި އެކަލޭގެފާނާއެކުވީ ބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ.

((…فَإِذَا حَضَرَتْ الصَّلَاةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ…)) [رواه البخاري ومسلم]

މާނައީ: ” ފަހެ ނަމާދު ވަޤުތުވުމުން ތިޔަބޭކަލުންގެ ތެރެއިން ކޮންމެވެސް އެއް ބޭކަލަކު ބަންގިގޮވާހުށިކަމެވެ."

އެބޭކަލުންނަކީ އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވަފުދެކެވެ. އަދި ދަތުރުވެރިންގެ ގޮތުގައި އެބޭކަލުންގެ އަހުލުންގެ ގާތަށް އެނބުރި ވަޑައިގަތެވެ.

އަދި ޤާއިމުވެ ހުންނަވާއިރާއި ދަތުރުގައިވެސް، ނަބިއްޔާ صلى الله عليه وسلم ބަންގިއާއި ޤަމަތް ދޫނުކުރައްވައެވެ. ފަހެ އެކަލޭގެފާނުގެ ދަތުރުފުޅުގައި ބަންގިގޮވުމަށް ބިލާލުގެފާނަށް އެކަލޭގެފާނު އަމުރުކަރުއްވައެވެ.

ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه الله

فتاوى أركان الإسلام / ص: ٢٨٢ / طبعة: دار الثريا للنشر

މަސްދަރު: ދިސަލަފިއްޔާ

މި ހަދީޘްފުޅުން އެނގެނީ މަސްވެރިކަމަށާއި މާލެދަތުރުކުރުން ފަދަ ކަންކަމަށް ކުރާ ދަތުރުތަކުގައި އުޅޭއިރު ނަމާދުވަގުތު ޖެހުމުން އެކަކު ބަންގިގޮވަންޖެހޭނެ ކަމެވެ.

 

މިއަދު އޮންލައިން