މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފަރާތުން ކުރިއަށްގެންދާ ނޭޝަނަލް އެސެސްމަންޓްތަށް މެދުވެރިކޮށް މަސައްކަތްތެރިކަމުގެ ދާއިރާތަކުން އެތަށް ޒުވާނުންނެއް ދަނީ ތަމްރީނުވަމުންނެވެ.
ނޭޝަނަލް އެސަސްމަންޓަކީ މަސައްކަތްތަކުގެ ދާއިރާއަށް ނިކުންނަ ޒުވާނުންގެ ކިބާގައި، އެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހުރިކަން ކަށަވަރުކުރުމަށް ޢަމަލީގޮތުން ކުރިއަށްގެންދާ އިމްތިހާނުތަކެކެވެ. އެގޮތުން، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮމާޝަލް ކުކިންގ، ނޭޝަނަލް ސެޓްފިކެޓް 3 އިން ފެށަން ޑިޒައިނިންގ ފަދަ ތަފާތު ކޯސްތަކުގެ ޢަމަލީ އިމްތިހާނުތަކެއް އެމްއެންއެސްޑިއޭ އިން ވަނީ ކުރިއަށްގެންގޮއްސައެވެ.
ހުރިހާ ފަރުދުންނަކީ ވެސް އެމީހެއްގެ ޢިލްމާއި ހުނަރާއި ތަޖުރިބާއާއި އެއްގޮތްވާގޮތުގެ މަތިން ވަޒީފާ ލިގެންދާނެ ބައެއްކަން ކަށަވަރުކޮއްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މަސައްކަތް ކާމިޔާބުކުރުމަށް ދިވެހި ދަޢުލަތުން ދަނީ އެމްއެންއެސްޑީއޭގެ މެދުވެރިކޮށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެންޑް އެޑިޔުކޭޝަނަލް ޓްރެއިނިންގ (ޓިވެޓް) ޕްރޮގްރާމްތަކާއި މަސައްކަތްތެރިކަމުގެ ދާއިރާތަށް ކުރިއެރުވުމަށް އެތަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ހަބަރު: ސަރުކާރު