ރޯދަ ހަދިޔާގެ ގޮތުގައި ރައީސް ދެއްވާ މަސްދަޅު ކޭސް ހދ. އަތޮޅުގެ ރަށްތަކަށް ބެހުމުގެ މަސައްކަތް ފައްޓަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރޯދަ ހަދިޔާގެ ގޮތުގައި ރައީސް ދެއްވާ މަސްދަޅު ކޭސް ހދ. އަތޮޅުގެ ރަށްތަކަށް ބެހުމުގެ މަސައްކަތް ފައްޓަވައިފި

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފައްޓަވައިފި ކަމަށް އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި މި މިނިސްޓްރީގެ ނާއިބް ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.

މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެ ކަމަށް ވެސް ޢަލީ ޝަމީމު ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވަމުން އެބަދެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހެޔޮ ޢިނާޔަތްތަކެއް ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް އަންނަނީ ސަރުކާރުން ފޯރުކޮށް ދެއްވަމުންނެވެ. އެ ގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ވެސް ބައެއް ޢިނާޔަތްތައް ރޯދަމަހާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކޮށްލަމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން