މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލެ ވިޔަފާރިވެރިންނަށް މައުލޫމާތުދީފި

މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ވިލިމާލޭގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. 

މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވިޔަފާރިވެރިން ހާއްސަ ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މުދާގަނެ އޮންލައިންކޮށް ފައިސާ ދައްކައި، ސުލިޕް ފޮނުވުމުން ހާއްސަ ސަމާލުކަންދޭންޖޭ ކަންކަމާއި އެކައުންޓަށް ފައިސާ ޖަމާވުމުން ނޫނީ މުދާ ދޫނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ސައްހަ ނޫން ސުލިޕް ދެނެގަންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން