ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މަސައްކަތް ފަނޑިޔާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް: އުއްތަމަ ފަނޑިޔާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މަސައްކަތް ފަނޑިޔާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް: އުއްތަމަ ފަނޑިޔާރު

ޤާނޫނީ ވެރިކަން ނެގެހެއްޓުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު ފަނޑިޔާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުޠަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.

"ޤަޟާއީ އަހަރު 2025" ގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި ޤާނޫނު ނަގަހައްޓައި ކުރިއަރުވަން ޝަރުޢީ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

"ރާއްޖޭގެ ޖުޑިޝަރީ މިހާރަށްވުރެ ހަރުދަނާކުރުމަށް މި ކުރާ މަސައްކަތް ކާމިޔާބު ވާނީ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ގުޅިގެން" ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިންގައި ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރެވޭނީ ޤާނޫނީ ބާރު ނަގަހައްޓައިގެންނެވެ. މިކަމުގައި ދައުލަތުގެ ތިން ބާރުގެ އިތުރުން މުސްތަޤިއްލު އޮފީސްތަކާއި މުއައްސަސާތަކުގެ ބޮޑު ޒިންމާއެއް އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރުން އިންސާފު ޤާއިމްކޮށް ސުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް ވަރުބަލިކަމެއްނެތި ކުރައްވަމުންދާ މަސައްކަތްތައް އުއްތަމަ ފަނޑިޔާރު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން