ބައިވެރިޔާގެ ކުށެއް ފެންނައިރަށް ކައިވެނި ރޫޅާލަން ބޭނުންވާ މީހުން ނިކަން މިއަންހެނާ އެބުނާ ވާހަކައިގެ އަޑުއަހާބަލަ! މިއީ އާދައިގެ ވާހަކައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ބައިވެރިޔާގެ ކުށެއް ފެންނައިރަށް ކައިވެނި ރޫޅާލަން ބޭނުންވާ މީހުން ނިކަން މިއަންހެނާ އެބުނާ ވާހަކައިގެ އަޑުއަހާބަލަ! މިއީ އާދައިގެ ވާހަކައެއް ނޫން!

ޢުމުރުން 40 އަހަރުގެ އަންހެނަކާ ދިމާއަށް ބުނެވުނެވެ. "ބަލަ ކަލޭގެ ފިރިމީހާ ކަލެއަށް ބޭވަފާތެރިވިކަން ލޮލަށް ފެނުނީމާވެސް ވަކިނުވެ އެކުގަ ތިއަ އުޅެނީ ކަލޭގެ ހިތެއް ނުއޮންނާތީ ހެއްޔެވެ؟" 

ޖަވާބުގައި އޭނާ ބުންޏެވެ. "ނޫނެކެވެ! ވަކިނުވެ އެކުގައި މިއުޅެނީ އޮތް ހިތުގެ ބޮޑުކަމުންނެވެ! އަހުރެން ބެލީ އޭނާ އަހުރެންނަށް ކޮށްދީފައިވާ ރަނގަޅު ކަންކަމަށެވެ. އެއީ ވަރަށް ދިގު ލިސްޓެކެވެ. އެހެންވެ އޭނާއަށް ކުރެވުނު އެންމެ ކުށަކަށް އޭނާ މާފަށް އެދުނީމާ މާފުކުރީއެވެ. އެއީ އަހުރެންގެ ހިތް އެދުނު ގޮތެވެ. ޢަމަލުކުރަން ބޭނުންވި ގޮތެވެ؟" 

އޭނާ ސުވާލުކުރިއެވެ. "ބަލަ ދެންވެސް އޭނާ ހަމަ އެކަން ކޮށްފާނެ ނޫންހެއްޔެވެ؟" 

ޖަވާބުގައި އޭނާ ބުންޏެވެ. "މިއަދުވެސް މަރުވެދާނެއިރު ތިއަހުރީ ސަންދޯކެއް ގަނެގެން ހެއްޔެވެ؟ ގެއަށް ދެވުނީމާ އެސަންދޯކަށް އެރި ނުއޮންނަނީ ކީއްވެގެން ހެއްޔެވެ؟ ދެން އަހުރެންވެސް ސުވާލެއް ކުރާނަމެވެ. އެސުވާލަކީ ކުރިއަށް އޮތްތަނުގައި ކުރިއަށްވުރެވެސް މާބޮޑަށް އޭނާ އަހުރެންދެކެ ލޯބިވެ އަޅައިނުލާނެކަން ކަލެއަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތި އެކުވެރިންނޭވެ! މިއީ އާދައިގެ ވާހަކަކޮޅެއް ނޫނެވެ. ވަރަށް ޢިބްރަތްތެރި ޥާހަކަކޮޅެކެވެ. އެއަންހެން މީހާގެ ވިސްނުމުން އަންހެނުންވެސް އަދި ފިރިހެނުންވެސް ވިސްނާނެނަމަ ކުރާނެ ފައިދާ ހާދަބޮޑުވީހެވެ. އިން ޝާ ﷲ   

މިއަދު އޮންލައިން