ނަމާދަށް ހުއްޓާ ކުދިން އުނދަގޫކުރިޔަސް ރުޅިއައުމާ ހަރުކަށިވުމަކީ ސުންނަތާ މުޅިން ޚިލާފް ކަމެއް! އޮތީ އޯގާތެރިވުން! ނަމާދުން އުންޏެއް ނުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަމާދަށް ހުއްޓާ ކުދިން އުނދަގޫކުރިޔަސް ރުޅިއައުމާ ހަރުކަށިވުމަކީ ސުންނަތާ މުޅިން ޚިލާފް ކަމެއް! އޮތީ އޯގާތެރިވުން! ނަމާދުން އުންޏެއް ނުވާނެ! އިން ޝާ ﷲ

ނަމާދަށް ހުއްޓުމަށްފަހު ހުރިހާ ސަމާލުކަމެއް ދޭންޖެހޭނީ ނަމާދަށެވެ. އެހެންވެ ތުއްތު ދަރިން އައިސް އުނދަގޫކުރުން ފަދަ ކަންކަން ކުރީމާ ރުޅިއާދެވި ހަރުކަށި ޢަމަލުތައް ކުރެވޭތަން އެބަފެނެއެވެ.  

ބުނަންހެއްޔެވެ؟ މިހެން މިބުނަނީ ނަމާދަށް ހުއްޓި ހުންނަނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން ވަރަށް ރަނގަޅަށް އެނގިހުރެއެވެ. ނަމާދަށް ހުއްޓައި ނުވިސްނޭ ތުއްތު ޢުމުރުގެ ކުއްޖަކު އައިސް ކޮންމެ ކަމެއް ކުރިނަމަވެސް ރުޅި އައިސްގެން ނުވާނެއެވެ. ހަރުކަށި ކަމެއްވެސް ކޮށްގެންވެސް ނުވާނެއެވެ. 

ވިސްނާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ އެންމެ ބޮޑަށް ސަމާލުކަންދެއްވެވީ ނަމާދުތަކަށެވެ. ވީހާ ފުރިހަމައަށް ނަމާދުކުރެއްވެވުމަށެވެ. ނަމަވެސް ސަޖިދައިގައި އޮންނަވަނިކޮށް ޙަސަނުގެފާނާއި ޙުސައިންގެފާނު ވަޑައިގެން ކަނޑުރާމަތީގައި އިށީނދެވަޑައިގަތުމުން ފަހަތްޕުޅުގައި ސަޖިދައަށް ތިއްބެވި ޞަޙާބީން ކަންބޮޑުވެވަޑައިގަންނަވާ މިންވަރަށް ސަޖިދަ ދިގުކުރެއްވެވީއެވެ.  

ދިރިއުޅުމުގެ ޙާލަތު ހުންނަ ގޮތުން ކޮޓަރީގައި ދަރިފުޅު ގޮވައިގެން ނަމާދުކުރަންޖެހޭނަމަ ނަމާދަށް ހުއްޓައި ކުއްޖާގެ ފަރާތުން އުނދަގުލެއްވީނަމަވެސް އަޅައިވެސް ނުލައި ނަމާދުކުރާށެވެ. އެކަމުގެ ސަބަބުން އުނިވާބައި ﷲ ތަޢާލާ ފޫބައްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. އެއީ ސުންނަތަށް ޢަމަލުކުރީތީއެވެ.

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން