އަނބިމީހާ ނުވަތަ ފިރިމީހާ މަރުވުމުން ކަފުން ކޮށްފައި އޮންނައިރު މޫނަށް ނުވަތަ ނިތްކުރިއަށް ބޮސްދިނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އަނބިމީހާ ނުވަތަ ފިރިމީހާ މަރުވުމުން ކަފުން ކޮށްފައި އޮންނައިރު މޫނަށް ނުވަތަ ނިތްކުރިއަށް ބޮސްދިނުން-

މީހަކު މަރުވުމުން ކަފުންކޮށް މޫނު އަލަން އުޅޭ ވަޤުތަކީ އެމީހާގެ މޫނު ފެންނާނެ އެންމެ ފަހު ވަޤުތެވެ. ދިރިތިބި މީހުންގެ ހިތަށް އެންމެ އަސަރުކުރާނެ ވަޤުތެވެ. އަދި އެކަމަކީ ކުރެވެން އޮތް ކަމެއްނަމަ މަރުވިޔަސް ވަޅުލަން ބޭނުމެއްވެސް ނުވެވޭނެއެވެ. އަނގައިން ނުބުނެވުނަސް ލޮލަސް ފެންނަން އޮތުމަށް ބޭނުންވެސް ވެވޭނެއެވެ. 

ނަމަވެސް މުސްލިމުންނަށް އޮތީ މީހަކު މަރުވެއްޖެނަމަ ވީހާއަވަހަކަށް ވަޅުލުމެވެ. 

ސުވާލު:. އަނބިމީހާ ނުވަތަ ފިރިމީހާ މަރުވުމުން ކަފުން ކޮށްފައި އޮންނައިރު މޫނަށް ނުވަތަ ނިތްކުރިއަށް ބޮސް ދެވޭނެތޯ؟ އަދި އެއީ ރަނގަޅުކަމެއްތޯ ދީނި ގޮތުން؟ 

ޖަވާބު:. އެއީ ކުރެވިދާނެ އަދި އެއީ ކުރަން އެންމެ ރަނގަޅު ކަމެއް.

 

--ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން