ހިތާމައެއް ނުވަތަ ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ޤުރްއާނުން ޝިފާއެދި ކިޔަވަންވީ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިތާމައެއް ނުވަތަ ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ޤުރްއާނުން ޝިފާއެދި ކިޔަވަންވީ މަގު-: މުފްތީ މެންކް

އެމީހެއްގެ ހިތް ޤުރްއާނާއި ގުޅުވާލައިފިފި މީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. ނަމަވެސް އެކަން ޢަމަލުން ދެއްކުމުންނެވެ. ވީހާ ގިނައިން ކިޔެވުމުންނެވެ. ވީހާ ގިނައިން ކިޔަވަން ލޯބިކުރުމުންނެވެ. ލިބޭ ހުސްވަޤުތުތަކުގައި ކުރު ސޫރަތެއް ނަމަވެސް ޢާޔަތެއް ނަމަވެސް ކިޔަވަވައިލާ ނަމައެވެ.  

ހިތާމައެއް ނުވަތަ ދަތި އުނދަގޫކަމެއް ދިމާވެއްޖެނަމަ ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ޝިފާ ދެއްވަވާނެތެވެ. އެކަން ޔަޤީންވަނީ ޤުރްއާނަކީ ޝިފާއެއް ކަމަށް ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާތީއެވެ.  

ޤުރްއާން ކިޔަވަން 2 ގޮތެއް އޮވެއެވެ. އެއީ ފޮތެއް ކިޔާހެން ކިޔައިލުމާއި ރީތި ރާގުތަކަށް ކިޔެވުމެވެ. މީގެ ތެރެއިން ކިޔަވަންވީ ރީތި ރާގުތަކަށެވެ. އެއީ ކޮންމެހެން އެންމެ މަޝްހޫރު ޤާރިން ކިޔަވާ ރާގަކަށް ނުވުމަކީ މައްސލައެއް ނޫނެވެ. އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ އަޑުން އެމީހަކަށް ކިޔަވަން އެނގޭ އެންމެ ރީތިކޮށް ކިޔަވާށެވެ.  

މީސްތަކުންނޭވެ! ކަންބޮޑުވާންޖެހޭ ކަމެއް މެދުވެރިވުމުން އެއީ ގޮތްހުސްވުން ކަމަށް ނުދެކޭށެވެ. ދުނިޔޭގެ އެންމެންނަށް ބެލިނަމަވެސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް އެއް ބައަކު އެމީހުންގެ ކަންބޮޑުވުން އެހެން މީހުންނަށް ނުއަންގަނީއެވެ. ކަންބޮޑުވުންތަކާއިއެކުގައި ދިރިއުޅެން މަސައްކަތްކުރަނީއެވެ.  

އެގޮތަށް އުޅެވޭނީ އެމީހެއްގެ ހިތާއި ﷲ ތަޢާލާ އާއި ގުޅިފައިވާނަމައެވެ. އެގުޅުން އުފައްދަން އޮތް އެންމެ ފުރިހަމަ ވަސީލަތަކީ ޤުރްއާނެވެ. އެކަމަށް އޮތް އެންމެ ފަހި އެއް މަގަކީ ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކުރުމެވެ. ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކުރާ މީހަކަށް ހިތްހަމަޖެހުން ﷲ ތަޢާލާ މިންވަރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން