މެޒޯ މުޙައްމަދު ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ރައިސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
މެޒޯ މުޙައްމަދު ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ ޢާއިލާއަށް ރައިސް ތަޢުޒިޔާ ވިދާޅުވެއްޖެ

މެޒޯ މުޙައްމަދުގެ ނަމުން މަޝްހޫރު، މުޙައްމަދު މާޖިދު ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ޚިދުމަތް ކުރައްވާފައިވާ މެޒޯ މުޙައްމަދަކީ ދިވެހި އަމިއްލަ ފަންނީ އުފެއްދުންތައް އުފެއްދުމުގައި މަޤްބޫލު ހުނަރުވެރިކަމެއް ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.

ރައީސް މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖުގައި، މަރުޙޫމް މުޙައްމަދު މާޖިދު މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް ދުޢާ ކުރައްވާފައިވެއެވެ.

މެޒޯ މުޙައްމަދަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހޯއްދަވާފައިވާ، ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ފަންނާނެކެވެ. 

މިއަދު އޮންލައިން