ކީރިތި ޤުރްއާނާއިމެދު ކޮންމެ މުސްލިމަކަށްވެސް މިކަންކަން އެނގެންޖެހޭނެ! ޘާބިތުވެވޭނީ އެއިރުން-: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ކީރިތި ޤުރްއާނާއިމެދު ކޮންމެ މުސްލިމަކަށްވެސް މިކަންކަން އެނގެންޖެހޭނެ! ޘާބިތުވެވޭނީ އެއިރުން-: ޑރ. ޒާކިރު ނައިކް

ކީރިތި ޤުރްއާނާއިމެދު މީސްތަކުންގެ ހިތުގައި ޝައްކު އުފައްދުވަން މަސައްކަތްކުރާ މީހުން އެކަން ކުރަނީ ކީރިތި ޤުރްއާނުން އެންމެ ކުށެއްވެސް ދެއްކިފައިނުވާ ޙާލުގައެވެ. ނުވެސް ދެއްކޭނެއެވެ. އެކަމަށް މަސައްކަތްކުރިވަރަކަށް ކުރިއަރައިގެންދާނީ ޤުރްޢާނެވެ.

ކީރިތި ޤުރްއާނުގައި ބައެއް "އިމްލާކުށް" ހުރިކަމަށް ބުނެ ބައެއް މީހުން އެބަ ވާހަކަދައްކައެވެ. ނަމަވެސް ޙަޤީޤަތަކީ ކީރިތި ޤުރްއާނަކީ ޢަރަބިބަހުގެ އެންމެ ފުރިހަމަ "ގްރެމާ" ކަމެވެ. ވީމާ ކީރިތި ޤުރްއާނުގެ ތަފްސީރު ފުރިހަމައަށް އެނގިގެން ނޫނީ ކީރިތި ޤުރްއާނުގެ މާނައާއިމެދު އެ މޭރުމުން ވާހަކައެއް ނުދެއްކޭނެއެވެ.

މިސާލަކަށް "މިވެނި ޤައުމެއްގެ މީހުންގެ ގާތަށް ފޮނުއްވެވި ރަސޫލް ބޭކަލުންނަށް އީމާންނުވީ" ކަމަށް އޮތްއިރު އެމީހުންގެ ގާތަށް ފޮނުއްވެވީ ހަމައެކަނި އެންމެ ރަސޫލް ބޭކަލަކު ކަމުގައިވެދާނެއެވެ.

މުސްލިމުންނަކީ ވަކި ރަސޫލްބޭކަލެއްގެ ރަސޫލްކަން ޤަބޫލުކުރަންޖެހޭ ބައެއް ނޫނެވެ. ހުރިހާ ރަސޫލްބޭކަލުންގެ ރަސޫލްކަންވެސް ޤަބޫލުކުރަންޖެހޭ ބައެކެވެ. ވީމާ މި ބަސްފުޅުން އެނގިގެންދަނީ އެންމެ ރަސޫލްބޭކަލެއްގެ ރަސޫލްބޭކަލެއްގެ ރަސޫލްކަން ޤަބޫލުނުކުރުމަކީވެސް ހުރިހާ ރަސޫލްބޭކަލުންގެ ރަސޫލްބޭކަލެއްގެ ރަސޫލްކަން ޤަބޫލުނުކުރުން ކަމެވެ.

ހަމައެއާއިއެކު ޢަރަބިބަހުގެ "ގްރެމާ" އެކި ޤަބީލާތަކުގައި ބޭނުންކުރަނީ އެކި ގޮތަށެވެ. ތަފާތު މާނަދޭހަވާގޮތަށް ބަސްތައް ބޭނުންކުރެއެވެ. ވީމާ އެއީ ކީރިތި ޤުރްއާނުގައި ކުށެއް އޮތުމެއް ނޫނެވެ.

ކީރިތި ޤުރްއާނުގައި އެއްވެސް މިންވަރެއްގެ ކުށެއްވާކަމަށް އެއްވެސް މުސްލިމަކު ޤަބޫލުކުރުމަކީ ދީނުންބޭރުވެދާނެ ފަދަ ކަމެކެވެ. އެހެނީ ކީރިތި ޤުރްއާނުގެ އެންމެ އަކުރަކަށްވެސް އިންކާރުކުރުމަކީ ކީރިތި ޤުރްއާނަށް އިންކާރުކުރުން ފަދަކަމަކަށްވާތީއެވެ! ވީމާ މީސްމީހުން ނުއެނގިތިބެ ދައްކަމުން ގެންދާ މިފަދަ ވާހަކަތައް އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ!

ރަނގަޅަށް ވިސްނާށެވެ! ކީރިތި ޤުރްއާނަކީ އެންމެހައިކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތައާލާ ބާވައިލެއްވެވި އެކަލާނގެ ކަލާމްފުޅެވެ. ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި އެއްޗެއް މެނުވީ ނުވެސް އެނގޭނެ އިންސާނުން އެއިން ކުށްދެއްކުމަކީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ހަމައެކަނި އެކަމަށް ވިސްނައިލުމުންވެސް މިބުނި ކަންކަން ޔަޤީންކުރެވޭނެއެވެ.

--ޑރ. ޒާކިރު ނައިކުގެ ދަރުސަކުން

މިއަދު އޮންލައިން