ދަތުރުދުޢާ ނުކިޔައި ދަތުފަށައިގެން ދުއްވަނިކޮށް ދެރައެއް ލިބިއްޖެނަމަ އިރާދަފުޅު ކަމަށްވެސް ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ދަތުރުދުޢާ ނުކިޔައި ދަތުފަށައިގެން ދުއްވަނިކޮށް ދެރައެއް ލިބިއްޖެނަމަ އިރާދަފުޅު ކަމަށްވެސް ނުބުނެވޭނެ!

ގިނަ މީހުންނަށް އަދިވެސް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ ދަތުރު ފަށަމުން ދަތުރުދުޢާކިޔުމެވެ. މިއީ ވަރަށް ދެރަކޮށް ހިފިފައިވާ އާދައެކެވެ. 

ބުނަންހެއްޔެވެ؟ މިދައްކަނީ ދުއްވާ ކާރުގެ ބުރެކި ޖެހޭތޯ، ޕެޓްރޯލް ހުރިތޯ، ސިގްނަލްތައް މަސައްކަތްކުރޭތޯ ބެލުމަށްވުރެވެސް މާމުހިންމު ކަމެއްގެ ވާހަކައެވެ. ދަތުރުގައި ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދުމުގެ ވާހަކައެވެ. 

ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ދަތުރު ދުޢާ ނުކިޔައި ދަތުރަށް ފަށައިގެން ދުއްވަނިކޮށް ދެރަގޮތެއް މެދުވެރިވިނަމަވެސް އެކަން ޤަޟާޤަދަރާއިވެސް ޙަވާލުނުކުރެވޭނެއެވެ. ސަބަބަކީ އޭނާ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދާފައި ނުވުމެވެ. 

ވީމާ ކިތަންމެ އަވަސް އަވަހަކަށް ދަތުރެއް ކުރަން ޖެހުނަސް އުޅަނދެއް (ސައިކަލެއް، ބައިސްކަލެއް، ކާރެއް، ލޯންޗެއް ފަދަ ކޮންމެ އެއްޗެއް) ގައި ދަތުރުކުރިނަމަވެސް ދަތުރުދުޢާކިޔައިގެން ދަތުރުފަށާށެވެ! އެއީ ނުހަނު ކުރުކުރު ދުޢާއެކެވެ. 

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ (.) وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ

"އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠޯހިރު ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ." "އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވާނެކަން ކަށަވަރެވެ."

(އައްޒުޚްރޫފް: 13، 14) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

- ގުޅުންހުރި ބައެއް ލިޔުން  

"އަޅުގަނޑު ޢާއިލާ ގޮވައިގެން ހުޅުމާލެއަށް ދިއައީ އަމިއްލަ ކާރުގައެވެ. އެނބުރި އައިއިރު ހިތަށް ބިރުވެރިކަން ވަން ބައެއް ކަންކަން ފެނުނެވެ. ބިރުގަތެވެ. އަޅުގަނޑު ދަތުރުކުރީ ދަތުރު ދުޢާ ނުކޮށެވެ. ބިރުގަތުމުން ދުޢާކިޔަން އުޅެ ހަނދާނެއްވެސް ނުވިއެވެ. ހަނދާންވީ ކުރުސިއެވެ. ދަތުރުނިމި ގެއަށް ވަދެވެންދެންވެސް އިނީ ކުރުސިކިޔުންމަތީގައެވެ." 

ދަންނަވާލަން އޮތީ ކިތަންމެ ކުރުނަމަވެސް ދިގުނަމަވެސް ދަތުރަކަށްފަށާނަމަ ފުރަތަމަ ކަމަކަށް ދަތުރުކުރަންވާނެއެވެ. ކިތަންމެ މޮޅު، އަގުބޮޑު ކާރެއް، ސައިކަލެއް ނުވަތަ އެނޫން އުލަނދެއްގައިނަމަވެސްމެއެވެ. އެއްގަމުމަގުން ނުވަތަ ކަނޑުމަގުން ދަތުރުކުރިނަމަވެސް މެއެވެ. 

އެންމެހައި ކަންކަމުން ސަލާމަތްކަން ދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ ޤުރްއާނުން އެނގެން އެބައޮތެވެ.  

سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ (.) وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ 

"އަޅަމެންނަށް މި ތަކެތި ޚިދުމަތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސްޠޯހިރު ވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ." "އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވާނެކަން ކަށަވަރެވެ."

(އައްޒުޚްރޫފް: 13، 14) 

ފުލުހުން ހިފަހައްޓައި ފިޔަވަޅު އަޅާނެތީ ހެލްމެޓް އެޅުމަށް ސަމާލުކަންދޭ މިންވަރަށްވުރެ ބޮޑަށް ދަތުރުފެށުމުގެކުރިން ދުޢާކިޔަން ސަމާލުކަންދެއްވާށެވެ! 

ބްރިޖް އަޅައި ދަތުރުތައް ފެށިގެން އައިދުވަސްވަރުވެސް މިފަދަ ކަންކަން ކުރިމަތިވިއެވެ. 

އެއިރުގެ ލިޔުމެއް: 

ބްރިޖް ނިންމައި ހުޅުމާލޭ ހައިވޭމަތީގައި ދުއްވާއިރު ނުވަތަ ހުޅުމާލެއިން ބްރިޖަށް އަންނައިރު ހައިވޭމަތިން ޖިންނި ނުވަތަ ރޫޙާނީ ކަންކަން ފެންނަވާވާހަކަ އެބަދެކެވެއެވެ. އެހެންކަމުން އެއީ ހަމަ ޙަޤީޤަތެއްކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުއުފައްދަމުންނެވެ. 

ހުޅުލެއަކީ މިހާރު ރައްކައުތެރި ރަށެއް ކަމަށް ބެލިނަމަވެސް ހުޅުލެއާއި ގުޅިފައިވާ ބިރުވެރިކަންކަން ވަނީ ފެނިފައެވެ. ކެޑޭޓް ކޭމްޕްދިއަ މަޖީދިއްޔާ ކުދިންތަކަކަށް ކުރިމަތިވި ބޮޑު ބިރުވެރިކަމުގެ ވާހަކައަކީ އެންމެ މަޝްހޫރު އެއްވާހަކައެވެ. ޤަބޫލުކުރަން އުނދަގޫ މީހުން ކަށިމާ ޝާކިރު ފަދަ ބޭފުޅުންގެ ގާތުން ސުވާލުކޮށްލައްވައިފިނަމަ ވިދާޅުވެދެއްވާނެއެވެ. 

ވީމާ އޮތް އެންމެ ރަނގަޅު ޙައްލަކީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރުމެވެ. ޛިކުރުތައް ކިޔުމުގެ އިތުރުން ދަތުރުދުޢާވެސް ކިޔުމެވެ. 

މިކަމާއި ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވެއެވެ. "ހައިވޭ މަތިން ޖިންނި ފެންނަ ވާހަކަ އެއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ބުނާކަށް ނޭނގެ! ނަމަވެސް ޖިންނިއަކީ ﷲ ހެއްދެވި ކަޚްލޫޤުންތަކެއް! ޖިންނި އުޅޭ! ޖިންނި މޮޔަވެސް ވޭ! ސިފަ ބަދަލުކުރުމާ އިންސާނުންގެ ލޯމައްޗަށް ފެނުމާއި ނުފެނުމުގެ ބާރު (ޖިންނީންނަށް) ލިބިފައިވޭ! ވީމާ ދުޢާތައް ކިޔުން ބުއްދިވެރި!" 

ދަތުރަށް ފަށާއިރު ކިޔާ ދުޢާ: 

سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَه ُُ مُقْرِنِيْنَ، وَإِنَّا إِلَى رَبِّنَا لَمُنْقَلِبُوْنَ

މިއަދު އޮންލައިން