ގިނަ ފިރިހެނުންނަށް ލަނޑު ލިބެނީ ޙަޤީޤީ ބުރަދަން ހުރި އަނބިންނަކީ ކޮބައިކަން ދެނެގަންނަން ނޭނގޭތީ! ބޭނުންނަމަ ދަސްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ގިނަ ފިރިހެނުންނަށް ލަނޑު ލިބެނީ ޙަޤީޤީ ބުރަދަން ހުރި އަނބިންނަކީ ކޮބައިކަން ދެނެގަންނަން ނޭނގޭތީ! ބޭނުންނަމަ ދަސްކުރޭ!

ފިރިހެނުން ފަދައިން ތަނަވަސްކަން ހުރިނަމަ އަންހެނުންވެސް ޚަރަދުކޮށްފާނެއެވެ. އަދި ކޮންމެ އަންހެނަކުވެސް ތިބާ ދެކެ ލޯބިވާކަމަށްވެސް ބުނެފާނެއެވެ. ލޯބިވާކަން މީހުންގެ ކުރިމަތީގައި ދައްކައިވެސްފާނެއެވެ. ކައިވެނިވެސް ކޮށްފާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އޭނާގެ ކިބައި ތިބާގެ ކޮޅަށް ބޮޑު ބުރަދަނެއް ހުރިކަމެއް ނުއެނގޭނެއެވެ.  

ނަމަވެސް ތިބާ ބަލިޙާލެއްގައި އުލެންޖެހިއްޖެނަމަ އަދި ދަތިޙާލެއްގައި އުޅެންޖެހުނަސް ތިބާއާއިއެކުގައި ތަފާތެއް ނުވެ ދެމިހުރި އަންހެނެއްނަމަ އެއީ ތިބާގެ ކޮޅަށް ބޮޑުތަނުން ބުރަދަން ހުރި އަންހެނެކެވެ. ރަންފަރުބަދައެއް ލިބުނަސް، ދުނިޔޭގެ އެންމެ ރީތި އަންހެނާ ލިބުނަސް މިބުނިފަދައިން ތިބާގެ ކޮޅަށް ބުރަދަންހުރި އަންހެނަކާއި ވަކިވަން ހެޔޮނުވާނެއެވެ. ހިތުގައި ޖައްސުވައި ދެރަކުރަން ބަހެއް ބުނަންވެސް ހެޔޮ ނުވާނެއެވެ.  

ހިތާމައަކީ ބައެއް ފިރިހެނުންނަށް މިޙަޤީޤަތް ޤަބޫލުނުކުރެވި ގޮތް ނުއެނގޭ އަންހެނަކު ތަޖުރިބާކުރަން ޙަޤީޤަތް އެނގި ޔަޤީންކުރެވޭ އަނބިމީހާ ދެރަކޮށް ނިކަމެތިކޮށްލެވޭ ކަމެވެ.  

އެފަދައިން ޢަމަލުކުރާ މީހުންނަށް އެތިބެވެނީ މަސްތުވާ އެއްޗެއް ބޭނުން ނުކުރިނަމަވެސް މަސްތެއް ވެގެންނެވެ. އެއީ ޝައިޠޯނާ ކުރުވާ މަސްތެކެވެ. އެމަސްތު ފިލައި ހަމަބުއްދިލިބުމުން ކުރެވުނު ކަންތަކަށް އިންތިހާއަށް ދެރަވާނެއެވެ. އެހިސާބުން ދެރަވި ނަމަވެސް ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. ލިބުނު ބޮޑު ދެރައާއިއެކު ހިތާމައިގައި އުޅުން ނޫން ގޮތެއްވެސް ނުއޮންނާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން