ދަތުރުވެރިންގެ ނަމާދަށް ﷲ ތަޢާލާ ދެއްވަވާފައިވާ ލުއިފަސޭހަ ގޮތްތަކުގަ ހިފަން ފަސްނުޖެހޭށެވެ! ބުރަ އުފުލައިގެން ކުރި ދަތުރުގެ މަޤްޞަދު ޙާޞިލުވުންވެސް އޮތީ ﷲ ގެ ޙަޟްރަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ދަތުރުވެރިންގެ ނަމާދަށް ﷲ ތަޢާލާ ދެއްވަވާފައިވާ ލުއިފަސޭހަ ގޮތްތަކުގަ ހިފަން ފަސްނުޖެހޭށެވެ! ބުރަ އުފުލައިގެން ކުރި ދަތުރުގެ މަޤްޞަދު ޙާޞިލުވުންވެސް އޮތީ ﷲ ގެ ޙަޟްރަތުން!

"ދާދިފަހުން އަޅުގަނޑު ދީނީ ޢިލްމުވެރިއަކާއިއެކު މާލެއާއި ވަރަށް ކައިރީގައި އޮތް ރަށަކަށް ދަތުރެއް ކުރީމެވެ. ފުރަތަމަ ޖެހުނީ މަޣްރިބް ނަމާދުގެ ވަޤުތެވެ. ޝައިޚް އިމާމްވެ މަޣްރިބްނަމާދުކުރެއްވިއެވެ. ނަމަވެސް ޢިޝާ ނަމާދުގެ ޖަމާޢަތަކުން ބައްދަލެއ ނުވިއެވެ.  

ފަހުން ބައްދަލުވެ ސަބަބާއިމެދު ސުވާލުކޮށްލުމުން ވިދާޅުވިއެވެ. "އަހުރެންނަކީ ދަތުރުވެރިއަކީމެވެ. އެހެންވެ މަޣްރިބްނަމާދަށްފަހު މިސްކިތުން ފެއިބީ ދަތުރުވެރިޔާއަށް ދެއްވަވާފައިވާ ލުއިފަސޭހަކަމުގައި ހިފައި ބޭނުންކޮށްގެންނެވެ. ޢިޝާ ނަމާދުގެ ޖަމާޢަތުން ބައްދަލުނުވީ އެހެންވެގެންނެވެ. 

އަޅުގަނޑުގެ ސުވާލަކީ މިއީ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތްތޯއެވެ؟ " 

ޖަވާބުގައި ދަންނަވަން އޮތީ ﷲ ތަޢާލާ ލުއިކަމެއް ދެއްވެވުމުން އޮތީ ބޭނުންހިފުމެވެ. އެކަމަކުން ފައިދާއެއް ނުކުރާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ކައިރީ ރަށަކަށް ދިއަނަމަވެސް ބޭރު ޤައުމަކަށް ދިއަ ނަމަވެސް ނަމާދު ނާޅާށެވެ! އެއްވެސް ދަތުރެއް ކުރަން ލިބުމަކީ ނުވަތަ ދަތުރެއް ކުރަން ކުރަން ޖެހުމަކީ ނަމާދު އަޅަން ހުއްދަލިބޭ ކަމެއް ނޫނެވެ. ދަތުރުމަތީގައި އުޅޭއިރު ނަމާދުކުރަން ލުއިފަސޭހަ ގޮތްތައް ދީނުގައި އޮތީ ދަތުރުމަތީގައިވެސް ނަމާދުކުރަންޖެހޭނެތީއެވެ. ވީމާ ދީނުގައި ބަޔާންވެގެންވާ ލުއި ފަސޭހަ ގޮތްތައް ބޭނުންކޮށްގެންވެސް ނަމާދު ކުރާށެވެ.  (ދަތުރުގައި 80 ކިލޯމީޓަރު ހަމަވާނަމަ) 

އެގޮތުން މެންދުރު ނަމާދާއި އިސްކޮށް ނުވަތަ ފަސްކޮށް ޖަމްޢުކޮށް ޣަޞްރުކޮށް ކުރެވިދާނެއެވެ. އިސްކޮށް ކުރާނެ ގޮތަކީ މެންދުރު ނަމާދުގެ ވަގުތުގައި ފުރަތަމަ މެންދުރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. ދެރަކްޢަތް ކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. 

ފަސްކޮށް ޖަމްޢް ކުރާނެ ގޮތަކީ ޢަޞްރް ނަމާދުގެ ވަގުތުގައި ފުރަތަމަ މެންދުރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. 2 ރަކްޢަތް ނިންމައި ސަލާމް ދިނުމަށްފަހު ތެދުވެ ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ.  

މަޣްރިބް ނަމާދާއި ޢިޝާ ނަމާދުވެސް އަދި ފަސްކޮށް ޖަމްޢް ކުރެވިދާނެއެވެ. މަޣްރިބް ނަމާދު ޤަޞްރު (ކުރުކޮށް) ނުކުރެވޭނެއެވެ. އެހެންކަމުން ފުރަތަމަ މަޣްރިބް ނަމާދުގެ 3 ރަކްޢަތް ކުރާނީއެވެ. މަޣްރިބް ނަމާދުގެ 3 ރަކްޢަތް ކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢިޝާ ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. އެއިރުން ވާނީ އިސްކޮށް ޖަމްޢް ކުރި ކަމަށްވެ.  

ޢިޝާ ނަމާދުގެ ވަގުތުގައި ކުރާނަމަ ފުރަތަމަ ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތެވެ. މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށް ސަލާމް ދިނުމަށްފަހު ތެދުވެ ޢިޝާ ނަމާދުގެ 2 ރަކްޢަތް ކުރާނީއެވެ. އެއިރުން ވާނީ ފަސްކޮށް ޖަމްޢްކުރި ކަމަށެވެ.

ދަތުރުވެރިޔާއަށް ހުރި ލުއި ފަސޭހަކަން ނިކަން ވިސްނައިބަލާށެވެ. މެންދުރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދުގެ 2 ރަކްޢަތާއި ޢަޞްރު ނަމާދުގެ 2 ރަކްޢަތް ކޮށްލައިފިނަމަ ރޭގަނޑު ހޮޓަލަށް އެނބުރި އަންނާނެ އިރަކުން އައިސް މަޣަރިބް ނަމާދާއި ޢިޝާ ނަމާދު ކުރުމުގެ ފުރުޞަތު އެބަލިބެއެވެ. ހަމަ އެފަދައިން ކިތަންމެ ހެނދުނާއި ހޮޓަލުން ނުކުމެގެން ދިއުމަށްފަހު އއިރު އޮއްސުމުގެ ކުރިން އައިސް މެންދުރު ނަމާދާއި ޢަޞްރު ނަމާދު އެކުގައި 2 ރަކްޢަތުން 2 ރަކްޢަތުން ކޮށްލުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.  

މިހައި ލުއިކޮށް ނަމާދުކުރެވެން އޮތް އިރު މިއުޅެނީ ދަތުރެއްގެ މަތީގައި ކަމަށް ބުނެ ނަމާދު އަޅަން ހެޔޮވެދާނެ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން