ފަށްކަނޑަން ކައިވެނިކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫނެވެ. ނަމަވެސް ދާދި ފަހަކާއި ހަމައަށް އެކަމެއް ދިވެހިންނަކަށް ނުއެނގެއެވެ. އެހެންވެ ފަށްކަނޑަން ކައިވެނިކޮށް އުޅުނެވެ. އެފަދަ ކައިވެނިކުރާ މީހުންނަށް ނަންކިޔައި އުޅުނީވެސް ނަމުގެ ކުރިއަށް "ފަށްކަނޑާ" ލައިގެންނެވެ. އަދި ފަށްކަނޑައިދޭން ކައިވެނިކޯށް އުޅުނު ގިނަ މީހުންނަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެ ދިރިއުޅެން ކައިވެނިކުރާނެ އަންހެނަކު ނުލިބިފައި ތިބޭ މީހުންނެވެ.
ކައިވެންޏަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ އިސްލާމް ދީނުގައެވެ. އަދި ކައިވެނިކުރުން އޮތީވެސް ދެމަފިރިން އެކުގައި ޢުމުރަށް ދިރިއުޅުމުގެ މަތިވެރި ނިޔަތުގައެވެ. ނަމަކަސް ކައިވެނިކުރާ އުޞޫލުން ކައިވެނިކުރުމެއް ނެތެވެ.
ސުވާލު:. ގާތް އަންހެން ކުއްޖެއް، 3 ފަހަރު ވަރިވެފަ ފަށް ކަނޑަން އެހެން މިހަކާ އިނީ، ދެން ރޭ ނުކޮށް ވަރިވެގެން، އަނެއްކާ ކުރީގެ ފިރިމީހާ އާ ކައިވެނި ކޮށްފި. ކައިވެނި ސައްހަވާނެތޯ؟ ސުވާލަކީ ފަށް ކަނޑަން އިންނަ މީހާ އާއެކު ރޭ ކުރުން "ޖިމާޢުވުން" މަޖުބޫރުތޯ؟
ޖަވާބު:. ފަށް ކެނޑުމަށް ކައިވެނި ކުރުން އެއީ ހަރާމްކަމެއް. 3 ފަށް ވުމުން ދިރިއުޅުމުގެ މަގްސަދުގައި އެހެން ފިރިހެނަކާ ކައިވެނިކޮށް ޖިމާޢުވުމަށްފަހު ފިރިމީހާ މަރުވެއްޖެނަމަ ނުވަތަ ކައިވެނި ރޫޅިއްޖެނަމަ 3 ފަށް ކުރި މީހާ އާއި ކައިވެނި ކުރެވިދާނެ. ނަމަވެސް ޖިމާޢުވެފައި ނުވާ ނަމަ 3 ފަށް ކުރި މީހާއާ ކައިވެނި ނުކުރެވޭނެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް