ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ޟުޙާނަމާދު ކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށް ލެގިލެވޭ މުސައްލައެއް ލިބޭ މިއަދުގެ ސުވާލު!: ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ޟުޙާނަމާދު ކުރެވޭނެތަ؟

ބަރަކާތްތެރި ރަމަޟާން މަސް ވަރަށް ކައިރިވެފައި އޮތުމުން މިހުޅުވާލަނީ ރަމަޟާންމަހަށް ޚާއްޞަ ފުރުޞަތެކެވެ. އަންހެނުން ގޭގައި ތިބެ އަޅުކަންކުރަން ގިނަ ވަޤުތު ހޭދަކުރާއިރުވެސް ފިރިހެނުން މިސްކިތުގައި  ގިނައިރު ތިބޭއިރުވެސް ލެގިލައިގެން އިނދެވޭނެ މުސައްލައެއް ހަމަ ހިލޭ ހޯއްދެވުމުގެ ފުރުޞަތެކެވެ. ކޮށްލަދެއްވަން އޮތް ކަމަކީ ތިރީގައިވާ ސުވާލަށް ޖަވާބެއް ފޭސްބުކްގައި ދެއްވުމެވެ.  

މިއަދުގެ ސުވާލު:

ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ޟުޙާނަމާދު ކުރެވޭނެތަ؟  

އެހީ:

އިރު އަރައި ލޮންސިއެއްގެ ބޮޑުމިނަށް މައްޗަށް އެރުމުން ޟުޙާނަމާދުކުރެވޭނެއެވެ. ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ އިރުއަރައި 15 ވަރަކަށް މިނިޓް ފާއިތުވުމެވެ. ވީމާ މިހާރަށް ބަލައިފިނަމަ އިރުއަރަނީ 6:19 ގައި ކަމަށްވާއިރު 6:34 ވުމުން ކުރެވޭނެއެވެ. ވީމާ އޮފީހަށް ދިއުމަށްފަހު ޟުޙާނަމާދުކުރާނެ ވަޤުތު ނުލިބޭނެނަމަ ރަނގަޅު ގޮތަކީ އޮފީހަށް ދިއުމުގެ ކުރިން ޟުޙާނަމާދުކުރުމެވެ. ޟުޙާނަމާދަކީ ސުންނަކަން ގަދަވެގެންވާ، ކުރުމުން ވަރަށް ގިނަ ފައިދާތައް ލިބޭ ނަމާދެކެވެ.  

އަދިވެސް ފާހަގަކޮށްލަމެވެ. މިދުވަސްވަރު އިރު އެރުން ލަސްނަމަވެސް 6 ޖަހާ އެހާކަންހައިއިރުވެސް އިރުއަރައެވެ. ވީމާ ޢަޒުމްކަނޑައަޅައިގެން އެކަމަށް މަސައްކަތްކޮށްފި މީހަކަށް އޮފީހަށް ދިއުމުގެ ކުރިން ކުރެވޭނެއެވެ.  

އެކަމަކުވެސް ހަނދާންކުރާށެވެ! އެންމެ މުހިންމު ކަމަކީ ފަތިސްނަމާދުކުރުމެވެ. ޟުޙާ ނަމާދުކުރަންވާނީ ފަތިސްނަމާދުކުރުމަށްފަހުގައެވެ. ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކުރާނަމަ ފަހުން އޮތީ ހަމައެކަނި ޟުޙާނަމާދުގެ 2 ރަކްޢަތްކޮށްލުމެވެ.  

ވީމާ 8 ޖަހާއިރަށް އޮފީހަށްދާ މީހަކަށް އޮފީހަށް ދިއުމުގެ ކުރިން ކުރެވޭނެއެވެ. އެއިގެ ސްކޫލްތަކަށް ނުކުންނަ ޓީޗަރުންނަށްވެސް ސަމާލުކަންދީފިނަމަ ކުރެވޭނެއެވެ.  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެލެއްވުން ވަރަށް ބޮޑަށް އެދެމެވެ.

 

 

މިއަދު އޮންލައިން