ރަށު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް "ރަށު އެކްސްޕޯ" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރަށު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް "ރަށު އެކްސްޕޯ" ފަށައިފި

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް އަމާޒުކޮށްގެން ބާއްވާ "ރަށު އެކްސްޕޯ" މިއަދު ވަނީ ރަސްމީކޮށް ފެށިފައެވެ. މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.

އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، "ރަށު އެކްސްޕޯ" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ ކުދި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޓްރެވެލް ގާއީޒްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި 50 އަށްވުރެ ގިނަ ސްޓޯލް ބެހެއްޓިފައިވެއެވެ. މީގެ ތެރޭގައި ރަށު ކައުންސިލްތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓުތަކާއި އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނެއެވެ.

ރާއްޖޭގެ ޑޮމެސްޓިކް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބާއްވާ މި އެކްސްޕޯގައި 25 އަށްވުރެ ގިނަ ރަށާއި އެކި ކުންފުނިތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ. މި އެކްސްޕޯގެ ސަބަބުން ރަށު ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން