ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކަށް މެއިންޓެނަންސް ހިދުމަތް ދިނުމުގެ ލައިސަނސް ފުރަތަމަ ފަހަރަށް ރާއްޖެއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 33ސ
ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކަށް މެއިންޓެނަންސް ހިދުމަތް ދިނުމުގެ ލައިސަނސް ފުރަތަމަ ފަހަރަށް ރާއްޖެއަށް!

މޯލްޑިވިއަން އެއަރލައިންސް އިން ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) ގެ ޕާޓް 145 ސެޓިފިކޭޝަން ހާސިލުކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ އޭވިއޭޝަން މެއިންޓެނަންސް ދާއިރާގައި މިފަދަ ސެޓިފިކޭޝަނެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ.

މި ސެޓިފިކޭޝަން ލިބުމުން މޯލްޑިވިއަންގެ އެއަރކްރާފްޓް މެއިންޓެނަންސް ޔުނިޓަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުގައި ރަޖިސްޓްރީކޮށްފައިވާ މަތިންދާބޯޓުތަކަށް މެއިންޓެނަންސް ހިދުމަތް ދެވޭނެއެވެ. މީގެ ތެރޭގައި އެއަރބަސް އޭ320 އާއި އޭ321 ފަދަ ބޮޑެތި މަތިންދާބޯޓުތައް ހިމެނެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމީ އެއަރލައިން އިސްލާހުކޮށް ތަރައްގީކުރުމުގެ އެޖެންޑާގެ ދަށުން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ އޭވިއޭޝަން މެއިންޓެނެންސްގެ މިފަދަ ތާރީޚީ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރު.

ރައީސް ޑރ.މުއިއްޒުގެ ޒަޢާމަތުގައި މިކާމިޔާބީ އަވަސްވެގެން ދިޔަ. ޤައުމީ އެއަރލައިން ރިފޯމް އެންޑް މޮޑަނައިޒޭޝަން އެޖެންޑާގެ ސަބަބުން އަޅުގަނޑުމެންގެ އޭވިއޭޝަން ދާއިރާ ހަރުދަނާވޭ. މިކަން ކޮށްދެއްވުމުގައި އެޗްއީޕީގެ ލީޑަޝިޕަށް ޝުކުރު ދަންނަވަން!" އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފަރާތުން ބުނީ މި ސެޓިފިކޭޝަން ލިބުމުން ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާވެ، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ދުވަހެއް ކަމަށްވެސް މޯލްޑިވިއަންގެ ފަރާތުން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނަށް ލިބުނު މި ކާމިޔާބީން ރަމްޒުކޮށްދެނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ބޭރުގެ 11 ސިވިލް އޭވިއޭޝަން އޮތޯރިޓީއެއްގެ މެއިންޓަނަންސް އެޕްރޫވަލް ހިމެނޭ ގޮތަށް އެ އެ ކުންފުނީގެ އިންޖިނިއަރިންގ އަށް ލިބިފައިވާ 12 ވަނަ ޕާޓް-145 އެޕްރޫވަލެވެ.

އީއޭއެސްއޭ ޕާޓް-145 އެޕްރޫވަލްގެ ދަށުން އައިލެންޑް އޭވިއޭޝަނަށް ޔޫރަޕްގައި ރަޖިސްޓްރީކޮށްފައިވާ އެއާކްރާފްޓްތަކަށް ސީދާ މެއިންޓަނަންސްގެ ޚިދުމަތް ދިނުމުގެ ފުރުޞަތު ލިބޭނެއެވެ. އައިލެންޑް އޭވިއޭޝަނަކީ ޒަމާނުއްސުރެ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރާ ބައިނަލްއަޤްވާމީ އެއާލައިންތަކަށް ފުޅާ ދާއިރާއެއްގައި މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ.

އައިއޭއެސްއެލްގެ އިންޖިނިއަރިންގ އިން ދަނީ މިހާރުވެސް ފުޅާ ދާއިރާއެއްގައި މެއިންޓަނަންސް ސަޕޯޓް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދޭ އެއާކްރާފްޓްތަކުގެ ތެރޭގައި އެއާބަސް އޭ320 އާއި، އޭ330 އާއި އޭ350 އާއި ބޮއިންގ 737، 767، 777 އަދި 787 ގެ އިތުރުން ސެސްނާ 150/152F، ޓެކްނެމް P2006T, DHC-6, DHC-8 އާއި އޭޓީއާރު 42/72 ވެސް ހިމެނެއެވެ.

މިހާރު އައިލެންޑް އޭވިއޭޝަނުން ބައިނަލްއަގްވާމީ 30 އަށް ވުރެ ގިނަ އެއާލައިނަށް މެއިންޓެނަންސްގެ ހިދުމަތް ދެއެވެ.

 

މިއަދު އޮންލައިން