ﷲ ތަޢާލާ ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ގޮވާލައްވަވާނީ މިވެނި މީހެއްގެ ދަރި މިވެނި މީހަކަށެވެ. ނަން އެނޫން ގޮތަކަށް ބަދަލުނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ﷲ ތަޢާލާ ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ގޮވާލައްވަވާނީ މިވެނި މީހެއްގެ ދަރި މިވެނި މީހަކަށެވެ. ނަން އެނޫން ގޮތަކަށް ބަދަލުނުކުރާށެވެ!: މުފްތީ މެންކް

މައިންބަފައިން ދަރިންނަށް ކިޔާފައި ހުންނަ ރަނގަޅު ނަންތައް އެނޫން ގޮތްގޮތަށް ބަދަލުނުކުރާށެވެ! މިހެން ބުނަން މިޖެހެނީ އެހެން ދީންތަކުގެ އަންހެނުން ކައިވެނިކުރުމަށްފަހު ބައްޕަގެ ނަމުގެ ބަދަލުގައި ފިރިމީހާގެ ނަން ނަމުގެ ފަހަތަށް ގެނެސް ނަން ބަދަލުކުރާ އުޞޫލުން މުސްލިމް ބައެއް އަންހެނުންވެސް ނަން ބަދަލުކުރާތީއެވެ.

ﷲ ތަޢާލާ ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް ގޮވާލައްވަވާނީ މިވެނި މީހެއްގެ ދަރި މިވެނި މީހަކަށެވެ. ވީމާ އެއްވެސް މީހެއްގެ ނަން އެނޫން ގޮތަކަށް ބަދަލުކޮށްގެން ނުވާނެއެވެ. އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫނެވެ.

އިސްލާމް ދީނުގައި އަންހެނުންނަށް އެކަނބަލުންގެ ޤަދަރާއި ކަރާމާތާއި އިއްޒަތާއި ޝަރަފް ދީފައި ނުވާކަމަށް ބުނާ މީހުންނަށް ނުއެނގޭ ވަރަށް ގިނަ ކަންތައްތަކެއްވެއެވެ. އެއިގެ ތެރެއިން އެއްކަމަކީ އެކަނބަލުންގެ ނަން ފުރިހަމަ ގޮތުގައި ދިފާޢުކުރުމެވެ.

އިސްލާމް ދީނަކީ ކައިވެނިކުރުމުން ނަން ބަދަލުކުރަން ދީނެއް ނޫނެވެ. ޢަބްދުﷲ ގެ ދަރި މަރްޔަމް ކިތަންމެ ގިނަ ފިރިހެނުންނާއި ކައިވެނިކުރިނަމަވެސް ވާނީ ހަމަ ޢަބްދުﷲ ގެ ދަރި މަރިޔަމް އަށެވެ. ނަމަވެސް އެހެން ބައެއް ދީންތަކުގައި މިވާގޮތަކީ ތޯމަސް ގެ ދަރި މޭރީ ކައިވެނިކުރުމުން މޭރީ ތޯމަސް ކަމުން ކެނޑި ފަހަތަށް ފިރިމީހާގެ ނަން ގެނެސް ނަން ބަދަލުކުރެއެވެ. ޖޯން އަކާއި ކައިވެނިކޮށްފިނަމަ އެހިސާބުން އެއީ މޭރީ ޖޯން އެވެ. ވަރިކުރުމުން އަނެއްކާވެސް މޭރީ ތޯމަސްއަކަށް ބަދަލުވެއެވެ. މިގޮތަށް އެތައް ފަހަރަކު ނަން ބަދަލުވެފައިވާ އަންހެނުންނާއި ވަނީ ބައްދަލުވެފައެވެ.

ބައެއް ޤައުމުތަކުގައި ޤަވާއިދުތައް ހުންނަގޮތުން ފިރިމީހާގެ ނަން ފަހަތަށް ގެނައި ނަމަވެސް މުސްލިމް އަންހެނުންގެ ނަން ލިޔަންވާނީ ފަހަތަށް މިގެންނަނީ ފިރިމީހާގެ ނަންކަން އެނގޭނެ ގޮތަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން