ރަސްފަންނާ ސަލްޓަންޕާކްގެ ޙާލަތު ފެނުނީމަ ހިތާމަކުރަން! ދެ ތަންވެސް ދަނީ ވީރާނާވަމުން: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ރަސްފަންނާ ސަލްޓަންޕާކްގެ ޙާލަތު ފެނުނީމަ ހިތާމަކުރަން! ދެ ތަންވެސް ދަނީ ވީރާނާވަމުން: ރައީސް ޑރ.މުޢިއްޒު

ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިވަޑައިގަތުމުން ހިތާމަފުޅު ކުރައްވާ ކަމަށާއި އެ ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަންކަމަށާއި މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމަށެވެ.

ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މިކަމަށް ކަންބޮޑުވުން ފައުޅުކުރައްވައި މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ޢާންމުކުރެއްވެވި އެކްސްޕޯސްޓެއްގައެވެ. 

މިއަދު އޮންލައިން