އަހުރެމެންގެ ޢާއިލާއިން އެންމެ ފުރަތަމަ އިސްލާމްވީ އަހުރެންނެވެ. ބައްޕަވަނީ ނިޔާވެފައެވެ. މަންމައަށް ހެޔޮކޮށް ހިތުމުގައި ނަމާނޫ ދެއްކީމެވެ. ދެންތިބި ހުރިހާ ބެއިންނަށްވުރެ ބޮޑަށް މަންމައަށް ޚިދުމަތްކުރީމެވެ.
ނަތީޖާއަކަށްވީ މަރުބަލީގައި އޮވެ މަންމަ އިސްލާމްވުމެވެ. ސަބަބެއް ކަމަށް އަހުރެން މަންމައަށް ކުރި ޚިދުމަތުން އިސްލާމްދީނުގެ މަތިވެރިކަން ވިސްނުމެވެ. އެއިގެ ފަހުން އަންހެން ކޮއްކޮ އާއި ފިރިހެން ދެބެއިންވެސް އިސްލާމްވިއެވެ. ދުރުތާ ތިމާގެ މީހުންވެސް ހިމެނޭ ގޮތުން މިހާރު ޢާއިލާގެ އެންމެންނަކީ އިސްލާމުންނެވެ.
އަހުރެންނަށް ވިސްނޭގޮތުން އެއެންމެންނަށްވެސް ހިދާޔަތު ލިބުނީ އަހުރެން ދެއްކި ޘާބިތުކަމާއި ކުރި ދުޢާއިންނެވެ. ﷲ ތަޢާލާ އަހުރެން ކުރި ދުޢާ ޢިޖާބަކުރެއްވެވީއެވެ. އިން ޝާ ﷲ
މިއީ އަލަށް އިސްލާމްވި އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ވިސްނައިލުން މުހިންމު ކަމަކީ އަހުރެމެންނަކީ މުސްލިމުން ކަމުގައިވާހިނދު ދީނުގައި ޘާބިތުވެ ނަމޫނާ ދެއްކޭނަމަ އެކަމުގެ ފައިދާ މުޅި ޢާއިލާއަށްވެސް ކުރާނެ ކަމެވެ. އިން ޝާ ﷲ