ތައުޙީދުގެ ބައިތައް: ކޮންމެ މުސްލިމަކަށްވެސް އެނގެން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތައުޙީދުގެ ބައިތައް: ކޮންމެ މުސްލިމަކަށްވެސް އެނގެން ޖެހޭނެ!

ތައުޙީދުގެ ވާހަކަ ދެކެވުމުން ގިނަ ބައަކަށް ވިސްނެނެނީ ޝަހާދަތް ކިޔައި މުސްލިމަކަށްވުމުން އެހިސާބުން ހުންނާނީ ހުރިހާ ކަމެއް ފުރިހަމަވެފައި ކަމަށެވެ. ހުރެވޭނީ ތައުޙީދުގެ މަތީގައި ކަމަށެވެ. ނަމަވެސް ތައުޙީދުގެ ބައިތައް އެނގުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ތައުޙީދުގެ މަތީގައި ހުރެވޭނީ އެކަންކަން ވަރަށް ރަނގަޅަށް އެނގިގެންނެވެ.  

ތައުޙީދުއްރުބޫބިއްޔާއާ ތައުޙީދުލްއުލޫހިއްޔާގެ ދެމެދުގައިވާ ފަރަޤަކީ ކޮބާ؟ 

ޖަވާބު: ތައުޙީދުއްރުބޫބިއްޔާގެ ތެރޭގައި ހިމެނެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކުރައްވަވާ ކަންތައްތަކެވެ. މިސާލަކީ އުފެއްދެވުމާއި، ރިޒްޤުދެއްވުމާއި، ދިރުއްވުމާއި މަރުގެންނެވުމާއި، ވާރޭ ވެއްސެވުމާއި، ގަސްގަހާގެހި ފެޅުއްވުމާއި، ކަންތައްތައް ތަދުބީރުކުރެއްވުމެވެ. 

ތައުޙީދުލް އުލޫހިއްޔާގައި ހިމެނެނީ އަޅުން ކުރާ ކަންތައްތަކެވެ. މިސާލަކީ ދުޢާކުރުމާއި، ބިރުވެތިވުމާއި، އުއްމީދުކުރުމާއި، އިތުބާރުކުރުމާއި (ވަކީލުކުރުމާއި)، ތައުބާވުމާއި، ހެޔޮއެދުމާއި، ބިރުގަތުމާއި، ނަދުރުބުނުމާއި، ސަލާމަތާއި ނަޞްރަށް އެދުމާއި، އަދި މިނޫންވެސް އަޅުކަންތަކުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންތައްތަކެވެ.  

ﷲ ކިބައަށް އެކަނި މެނުވީ އަދާނުކުރެވޭ އަޅުކަންތަކުގެ ވައްތަރުތަކަކީ ކޮބާ؟ 

ޖަވާބު: އޭގެތެރޭގައި ހިމެނެނީ، ދުޢާކުރުމާއި، ވާތްގަށްއެދުމާއި، ސަލާމަތާއި ނަޞްރަށް އެދުމާއި، ޛަބަޙަކުރުމާއި(ޤުރުބާންކުރުމާއި)، ނަދުރުބުނުމާއި، ބިރުގަތުމާއި (އަލްޚައުފު)، އުއްމީދުކުރުމާއި، ވަކީލުކުރުމާއި (އިތުބާރުކުރުމާއި)، ތައުބާވުމާއި، ލޯބިވުމާއި، ބިރުވެތިވުމާއި، ހެވަށްއެދުމާއި ބިރުގަތުމާއި(އައްރަހްބަތު)، ނިކަމެތިވެ އަޅުވެތިވުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، ޚުޝޫޢަތްތެރިވުމާއި، ބޯލަނބައި ކިޔަމަންގަތުމާއި އެއިލާހު މަތިވެރިކުރުމެވެ. މިހުރިހާ ކަންކަމަކީ އެއިލާހުގެ އުލޫހިއްޔަތަށް ޚާއްޞަވެގެންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން