ހުރިހާ ކަންބޮޑުވުންތަކަށް ޙައްލު ލިބި ރޫޙާނީބާރު ގަދަވެ ހެޔޮ ވިސްނުން ލިބުމަށް މަގުފަހިވާނެ، ޢަމަލުކުރަން ފަސޭހަ ސުންނަތެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ހުރިހާ ކަންބޮޑުވުންތަކަށް ޙައްލު ލިބި ރޫޙާނީބާރު ގަދަވެ ހެޔޮ ވިސްނުން ލިބުމަށް މަގުފަހިވާނެ، ޢަމަލުކުރަން ފަސޭހަ ސުންނަތެއް!: ބިލާލް އައްސަދު

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހެނދުނު ގަނޑުވަރުކޮޅުން ނުކުމެވަޑައިގަންނަވާ ކޮންމެފަހަރަކު ފުރަތަމަ ކަމަކަށް އުޑައްބަލަވައިލައްވައެވެ. އަދި ބައްލަވަން ހުންނަވައިގެން "ސުބްޙާނަﷲ ވަބިޙަމްދިހީ" މިފަދައިން ވިދާޅުވެ ﷲ ތަޢަލާއަށް ތަޢްރީފް ކުރައްވަވައެވެ. 

މިކަން މިގޮތަށް ކުރާނަމަ އެމީހަކަށް ވަރަށް ގިނަ ހެޔޮކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ. އުޑަށް ބަލައި ވިސްނާލަން މަޑުކޮށްލުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ. ހާސްވުމާއި ކަންބޮޑުވުންތަކާއި ދުރަށް ޖެހެވޭނެއެވެ. ރޫޙާނީ ބާރު ގަދަވެގެންދާނެއެވެ. ކަންކަމަށް ހެޔޮ ގޮތުގައި ނުވަތަ ފައިދާހުރި ގޮތަށް ވިސްނަން މަގުފަހިވާނެއެވެ. 

މިއީ މުސްލިމުންގެ ގިނަ ބައަކަށް އަޅާނުލައި ދޫކޮށްލެވިފައިވާ ސުންނަތެކެވެ. މައްސަލަތަކުން ފުރިގެންވާ ޙާލު ދުނިޔޭގައި އުޅެންޖެހިފައިވާއިރު އަހުރެން ބުނާނީ މިއީ ކޮންމެ މީހަކުވެސް ޢަމަލުކުރަންޖެހޭ ސުންނަތެއް ކަމަށެވެ. އަދި މައްސލައެއް ކުރިމަތިވެފައި ނެތް ނަމަވެސްމެއެވެ. ރޫޙާނީ ބާރު ގަދަވުމާއި ކަންކަމަށް ހެޔޮ ގޮތުގައި ނުވަތަ ފައިދާހުރި ގޮތަށް ވިސްނަން މަގުފަހިވާން ކޮންމެ މީހަކަށްވެސް ބޭނުންވާނެތީއެވެ.   

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން