ޝޫޓިންގ ސްޕޯޓްސްގައި ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން އީޝަލަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޝޫޓިންގ ސްޕޯޓްސްގައި ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން އީޝަލަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

ޝޫޓިންގ ސްޕޯޓްސްގައި ރާއްޖެއަށް ފުރަތަމަ ރިހި މެޑަލް ހޯދައިދިން އީޝަލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސްް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވާކަމަށެވެ.

15 އަހަރުގެ އީޝަލް މި އުފާވެރި ކާމިޔާބީ ހޯދީ ތައިލެންޑުގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025ގެ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިންނެވެ. މި މުބާރާތުގައި އޭޝިއާގެ 23 ޤައުމަކުން ބައިވެރިވެ ވާދަކުރިއިރު، އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރިހޯދައި މި ފަޚުރުވެރި ކާމިޔާބީ ހޯދާފައެވެ.

އީޝަލްގެ މި ކާމިޔާބީއާއެކު ދިވެހިރާއްޖޭގެ ޝޫޓިންގ ސްޕޯޓްސްގެ ތާރީޚުގައި އައު ޞަފްޙާއެއް ލިޔެވިގެން ގޮސްފައިވާއިރު، މިއީ ޒުވާން ޖީލުތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން